ހުކުރު, ނޮވެމްބަރ 14, 2025
spot_img
- Advertisement -spot_img

ގަމު ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހައްދުންމަތީ ގަމު ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ގަމު ކައުންސިލް އިދާރާގައެވެ.

ގަމު ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ، ގަމުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށާއި، ގަމު ރީޖަނަލް ހޮސްޕިޓަލަށް އިތުރު ވަސީލަތްތަކާއި، އިތުރު އެންބިއުލާންސް ބޭނުންވާކަމާއި، ހޮސްޕިޓަލްގައި ސްޕީޗް ތެރަޕިސްޓެއް ނެތުމުގެ އިތުރުން ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ހިއްސާކުރައްވާފައެވެ.

ގަމު ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

އަދި ބަނދަރު އަޕްގްރޭޑްކުރާއިރު، ބޭރު ތޮށި ފުޅާ ކޮށްދެއްވުމަށާއި، ޔޮޓް މެރިނާއާއި އެއްގޮތަށް ބަނދަރު އަޕްގުރޭޑް ކޮށްދެއްވުމަށާއި، ފުއްޓަރު ފަރާތުގައި ނެރެއް ކަނޑައިދެއްވުމަށާއި ރަށުގެ ގިރާސަރަޙައްދު ހިމާޔަށްކޮށްދެއްވުމަށް ވެސް މެންބަރުން އެދިވަޑަގައިގެންނެވިއެވެ. މީގެއިތުރުން ގަމު ސުކޫލުތަކުގެ ފަރާތުން ވަނީ ވަކި ވަކި ސުކޫލުތަކަށް ބޭނުންވާ ކަންކަން ފާހަގަ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް