އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ދަނބިދޫ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހައްދުންމަތީ ދަނބިދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ދަނބިދޫ ސުކޫލުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ދަނބިދޫ ކައުންސިލް އަދި މުއައްސަސާތަކުގެ ވެރީންނާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ، ރަށުގެ ނަރުދަމާ އާއި ކަރަންޓްގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ދަނބިދޫ ކައުންސިލް އަދި މުއައްސަސާތަކުގެ ވެރީންނާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މީގެއިތުރުން މެންބަރުން ވަނީ، މަސައްކަތް ހުއްޓިފައިހުރި، ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތާއި، ސްކޫލްގެ މަލްޓި ޕަރޕަސް ހޯލާއި، މިސްކިތާއި، ކޯޒްވޭގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށުގެ ޒުވާނުންނަށް ހޭންޑް ބޯލް ކޯޓެއް ބޭނުންވާކަމާއި، ބޮޑު ފުޓްބޯޅަ ދަނޑުގެ ފެންސްގެ މަސައްކަތް އަވަސްކޮށްދެއްވުމަށް މެމްބަރުން އެދިވަޑައިގެންނެވިއެވެ. މެންބަރުންގެ ވާހަކަފުޅުގައި، ރަށުގެ ބަނދަރު އަޕްގްރޭޑްކޮށްދެއްވުމަށާއި ރަށުގެ ނެރު ފުން ކޮށްދެއްވުމަށާއި، އެންބިއުލާންސެއް ބޭނުންވާކަންވެސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް