އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އާޖެންޓީނާ ބަލިކޮށް 20 އަހަރުންދަށުގެ ވޯލްޑްކަޕް މޮރޮކޯ އިން ކާމިޔާބުކޮށްފި

ޗިލީގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިމުބާރާތް ހަ ފަހަރަށް ކާމިޔާބުކޮށްފައިވާ އާޖެންޓީނާ 2-0 ގެ ނަތީޖާއަކުން ބަލިކޮށް މޮރޮކޯ އިން މުބާރާތުގެ ޗެންޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އާޖެންޓީނާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި މޮރޮކޯ އިން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ފޯވާޑް ޔާސިރު ޒަބީރީ ކާމިޔާބުކުރިއިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ޒަބީރީ އެވެ. އަދި މިލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މޮރޮކޯ ކުރީގައި އޮވެގެންނެވެ.

 20 އަހަރުންދަށުގެ ވޯލްޑްކަޕް މޮރޮކޯ އިން ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ

މެޗުގެ ދެވަނަ ހާފުގައި އާޖެންޓީނާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން މޮރޮކޯގެ ގޯލަށް 13 ހަމަލާއެއް ފޮނުވާލާފައިވާއިރު، މިހާފުގައި މޮރޮކޯ އިން ވަނީ ރޭވުންތެރިކަމާއެކު އެޓީމުގެ ލީޑު ދިފާއުކުރުމުގައި މޮޅު ޑިފެންސިވް ކުޅުމެއް ދައްކައިދީފައެވެ.

 20 އަހަރުންދަށުގެ ވޯލްޑްކަޕްގެ މޮޅުކުރުންތެރިން

ރޭކު ކުޅުނު މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި 1-0 ގެ ނަތީޖާއަކުން ފްރާންސް ބަލިކޮށް ކޮލަމްބިއާ އިން ތިންވަނަ ކަށަވަރުކުރިއިރު، އެޑިޑާސް ގޯލްޑަން ބޯލް ކާމިޔާބުކުރީ މޮރޮކޯގެ އޮތުމާނޭ މާމާޑިޑާސް އެވެ. އަދި ސިލްވަރ ބޯލް މޮރޮކޯގެ ޔާސިރު ޒަބީރީ ކާމިޔާބުކުރިއިރު އަޑިޑާސް ބްރޯންޒް ބޯލް ލިބުނީ އާޖެންޓީނާގެ މިލްޓަން ޑެލްގާޑޯ އަށެވެ. އަދި މުބާރާތުގެ ގޯލްޑަން ގްލޯވް ކާމިޔާބުކުރީ އާޖެންޓީނާގެ ކީޕަރު ސެންޓީނޯ ބާބީއެވެ.

ގުޅުންހުރި ލިޔުންތައް