މޯލްޑިވްސް އިމިގްރޭޝަނުން އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އޮފީސްތަކުން މިދިޔަ ސެޕްޓެމްބަރު 960 ޕާސްޕޯޓް ދޫކޮށްފިއެވެ.
އިމިގްރޭޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ސެޕްޓެމްބަރު މަހު މުޅި ޖުމްލަ 3،884 ޕާސްޕޯޓް ދޫކޮށްފައިވާއިރު 3،897 އެޕްލިކޭޝަން ޕްރޮސެސްކޮށްފައިވެއެވެ.
މާލެ ސަރަހައްދުން ޕާސްޕޯޓް ދޫކޮށްފައިވާ ގޮތަށް ބަލާއިރު މާލެއިން 2،115 ޕާސްޕޯޓް، ހުޅުމާލެ ފުރަތަމަ ފިޔަވަހިން 386 ޕާސްޕޯޓް، ހުޅުމާލެ ދެވަނަ ފިޔަވަހިން 367 ޕާސްޕޯޓް އަދި ވިލިމާލެއިން 36 ޕާސްޕޯޓް ދޫކޮށްފައިވެއެވެ.
އަތޮޅުތަކުން ޕާސްޕޯޓް ދޫކުރި އަދަދުތައް
ހއ. އޮތޮޅު – 81 ޕާސްޕޯޓް
ހދ. ކުޅުދުއްފުށި ސިޓީ – 144 ޕާސްޕޯޓް
ށ. އަތޮޅު – 57 ޕާސްޕޯޓް
ނ. އަތޮޅު – 34 ޕާސްޕޯޓް
ރ. އަތޮޅު – 100 ޕާސްޕޯޓް
ބ. އަތޮޅު – 39 ޕާސްޕޯޓް
އއ. އަތޮޅު – 9 ޕާސްޕޯޓް
ވ އަތޮޅު – 1 ޕާސްޕޯޓް
މ. އަތޮޅު – 1 ޕާސްޕޯޓް
ފ. އަތޮޅު – 1 ޕާސްޕޯޓް
ދ. އަތޮޅު – 47 ޕާސްޕޯޓް
ތ. އަތޮޅު – 1 ޕާސްޕޯޓް
ތ. އަތޮޅު – 1 ޕާސްޕޯޓް
ލ. އަތޮޅު – 122 ޕާސްޕޯޓް
ގދ. ތިނަދޫ ސިޓީ – 111 ޕާސްޕޯޓް
ޏ. ފުވައްމުލަކު ސިޓީ – 65 ޕާސްޕޯޓް
އައްޑޫ ސިޓީ 146 ޕާސްޕޯޓް
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ހިދުމަތް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރައީސްގެ މި ވައުދު މިހާރު ވަނީ ފުއްދަވާފައެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.



