މުދާ ބަރުކޮށްގެން، ފަސް މީހުންނާއެކު މާލެ އިން ފުރައިގެން ދަތުރު ކުރަމުންދިޔަ ”ނަސްރު“ ބޯޓު މިއަދު 13:22 އެހާކަން ހާއިރު ވަނީ ދިޔަވެ އަޑިއަށް ގޮސްފިއެވެ.
ބޯޓު އަޑިއަށް ގޮސްފައިވަނީ ކ. ކާށިދޫ އާއި ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަކަށެވެ. ބޯޓުގައި ތިބި މީހުން ކޯސްޓް ގާޑުން ވަނީ ސަލާމަތް ކޮށްފައެވެ. ބޯޓުން ދަތުރުކޮށްފައިވަނީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ.
މި ހާދިސާ އާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުން ވަނީ، ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން ބޯޓުގައި ހުރި މުދަލާއި އެހެނިހެން ތަކެތި އޮޔާ ދާނެތީ، މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މިކަމަށް ސަމާލުވުމަށް އެދިފައެވެ.
އަދި ކަނޑު ދަތުރު ކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވެ، މޫސުމާބެހޭ ފަހުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯދައިގެން ދަތުރު ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.



