އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ފުރާވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ށ. އަތޮޅަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ވަޑައިގަންނަވާނެއެވެ.

ހަތަރު ދުވަހުގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.

ރައީސް އޮފީހުން މަޢުލޫމާތުދިން ގޮތުގައި، މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ. އަދި ރަށްރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގެ އެންމެ ފުރަތަމަ މަންޒިލަކީ ށ. ނޫމަރާއެވެ.

މި ދަތުރުފުޅަކީ ރައީސް މުޢިއްޒު ރާއްޖޭގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. ރައީސް މިދިޔަ ހަފުތާގައި ވަނީ އއ.އަތޮޅުގެ ރަށްތަކަށް ވެސް ވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް