އާދިއްތަ, އޮކްޓޯބަރ 12, 2025
spot_img
- Advertisement -spot_img

ވޯލްޑްކަޕް ކޮލިފައިން: އަޔަލޭންޑު އަތުން ޕޯޗުގަލް އަށް އުނގަދޫ މޮޅެއް

ވޯލްޑްކަޕް ކޮލިފައިންގް ޔޫރަޕްގެ ގުރޫޕް އެފްގައި ރޭ އަމިއްލަ ދަނޑުގައި އަޔަލޭންޑާއި ދެކޮޅަށް ކުޅުނު ފަހުވަގުރު ކާމިޔާބުކުރި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން މޮޅުވެ ޕޯޗުގަލް އިން ވޯލްޑްކަޕަށް ކޮލިފައިވުމާއި ފިޔަވަޅަކަށް ކައިރިއަށް ޖެހިލައިފިއެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޕޯޗުގަލް އިން މެޗު ޑޮމިނޭކުރިއިރު، މިމެޗުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، މިހާފުގައި އެޓީމުގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާއަށް ވެސް ވަނީ ވަރަށް ހުސް ދެ ފުރުސަތު ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ.

ޕޯޗުގަލް އަދި އަޔަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން

މީގެ އިތުރުން ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި މެޗުގެ ލީޑުހޯދުމަށް ޕޯޗުގަލްއަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. ނަމަވެސް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުރިއަށް ފޮނުވާލި ޕެނަލްޓީ މިމެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އަޔަލޭންޑްގެ ކީޕަރު ކެއިލާ ވަނީ ދިފާއުކޮށްފައެވެ.

ޕޯޗުގަލް އިން މެޗުގެ ލީޑުހޯދި ލަނޑު މެޗުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ރުބެން ނެވޭސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ. އަދި މިގުރޫޕްގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ހަންގޭރީ އިން ވަނީ 2-0 ގެ ނަތީޖާއަކުން އަރްމޭނިއާ ބަލިކޮށްފައެވެ.

ޕޯޗުގަލް އަދި އަޔަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން

މިނަތީޖާއެކު މިގުރޫޕްގެ ކޮންމެ ޓީމަކުން ވެސް ތިން މެޗު ކުޅެފައިވާއިރު، ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ޕޯޗުގަލް އެވެ. އަދި ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކުރުމަށް ގުރޫޕް ސްޓޭޖުގައި ބާކީ އޮތް ތިން ޕޯޗުގަލްއަށް މިހާރު ބޭނުން ވަނީ އެންމެ ދެ ޕޮއިންޓެވެ.

ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު މިގުރޫޕްގެ ދެވަނައިގައި ހަންގޭރީ އޮތްއިރު، ތިންމެޗުން ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނައިގައި މިވަގުތު އޮތީ އަރްމޭނިއާއެވެ. އަދި ގުރޫޕްގެ ފުލުފައި މިވަގުތު އޮތް އަޔަލޭންޑަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ގުޅުންހުރި ލިޔުންތައް