ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

ގައުމުގެ އަމާންކަން ދެމެހެއްޓުމަށް ފުލުހުން ދެއްކި ކެތްތެރިކަމާ ސާބިތުކަމަށް ތަޢުރީފު ޙައްގު: މަޖިލިސް ރައީސް

ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމުގައި ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގުމަށް އެ ޕާޓީން ކުރި މަސައްކަތްތަކާ ގުޅިގެން ފުލުހުން ދެއްކި ސާބިތުކަމާއި ކެތްތެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތައުރީފު ކުރައްވައިފިއެވެ.

ފުލުހުން ދެއްކި ސާބިތުކަމަށް އެމަނިކުފާނު ތައުރީފުކުރައްވާފައިވަނީ އެކްސަގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވަނީ ގައުމުގެ އަމާންކަން ދެމެހެއްޓުމަށް ދިވެހި ފުލުހުން ކުރައްވާ މަސައްކަތް ފާހަގަކޮށް އެކަމަށް އައްސަރިބަހާއި ސާބަސް ދެއްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

 ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި އެއްވުމެއް ބާއްވަން އިއުލާނުކޮށް، އެ އެއްވުން ބާއްވާނެ ގޮތްތަކާ ގުޅޭ ގޮތުން ފުލުހުންނާ މަޝްވަރާކޮށް ވަކި ގޮތަކަށް މުޒާހަރާ ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވެފައެވެ. އެގޮތުން އެމްޑީޕީން އެއްބަސްވެފައިވަނީ އެ ޕާޓީގެ ހިނގައިލުން ބޮޑުތަކުރުފާނު މަގުގައި ކުރިއަށްގެންދިއުމަށެވެ.

ނަމަވެސް އެއްބަސްވުމާ ޙިލާފަށް އެމްޑީޕީން ވަނީ މާލޭގެ މައި އެއް މަގުކަމަށްވާ މަޖީދީ މަގަށް ވަނުމަށް މަސައްކަތްކޮށްފައެވެ. މަޖީދީ މަގަށް ވަނުމަށް މަސައްކަތްކުރި ކުރުމުގެ ތެރޭގައި ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ބެރިކޭޑުތައް އުކައި، ޝީލްޑުތައް އަތުލައި ހަމަނުޖެހުން ހިންގިއެވެ.

 ނަމަވެސް ފުލުހުންވަނީ ބާރުގެ ބޭނުން މާބޮޑަށް ނުކޮށް އެ އެއްވުން ކޮންޓުރޯލުކޮށް މާލޭގެ ހަމަޖެހުން ނަގައިލަން ފުރުސަތު ނުދީ ހިފަހައްޓާފައެވެ.

ހުކުރު ދުވަހުގެރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމްޑީޕީން ރޭ އަމަލުކުރިގޮތާއިމެދު އަދި އެ ޕާޓީގެ ލީޑަރޝިޕުން އާންމުންނަށް ހިތްވަރުދީގެން، އެ ފަރާތްތައް ލައްވައި ޤާނޫނާ ޚިލާފަށް އަމަލުކުރަން އިރުޝާދުދޭކަމަށް ބުނެ ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީއަށް ފާޑުކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް