ހުކުރު, ނޮވެމްބަރ 14, 2025
spot_img
- Advertisement -spot_img

ގައުމީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން އެޗްޑީސީން ސާފު ކުރުމުގެ ހަރަކާތެއް ކުރިޔަށްގެންގޮސްފި

ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ގުޅިގެން، ތިމާވެއްޓަށް ހޭލުންތެރިކުރުމުގެ ޝިއާރުތަކާއެކު ސާފު ކުރުމުގެ ހަރަކާތެއް ހިންގައިފިއެވެ.

ހުޅުމާލޭގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ މި ހަރަކާތް ފައްޓަވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. މި ރަސްމިއްޔާތުގައި އެހެން ވުޒާރާތަކުގެ ވަޒީރުންނާއި އިސްވެރިން ވެސް ބައިވެރިވަޑައިގެތެވެ.

އެޗްޑީސީ އިން މިއަދު ކުރިއަށް ގެންދިޔަ ސާފު ކުރުމުގެ ހަރަކާތުގެ ތެރެއިން | ފޮޓޯ: އެޗްޑީސީ

މި ރަސްމިއްޔާތު ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ތޯރިގު ވަނީ ރާއްޖޭގެ ތިމާވެއްޓާ ޓޫރިޒަމާ ހުރި ގުޅުމުގެމައްޗަށް އަލިއަޅުއްވާ ލައްވާފައެވެ.

އެޗްޑީސީ އިން މިއަދު ކުރިއަށް ގެންދިޔަ ސާފު ކުރުމުގެ ހަރަކާތުގެ ތެރެއިން | ފޮޓޯ: އެޗްޑީސީ

މި ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށް، އަދި މޫދު ސާފުކުރުމުގެ އިތުރުން ހުޅުމާލޭގެ ދެ ފޭސް ގުޅޭ ޗެނަލް ސަރަހައްދުގައި މުރަކަ އިންދުން ވެސް ކުރިއަށް ގެންދިޔަ އެވެ. މި މަސައްކަތަކީ ހުޅުމާލެ ޗެނަލް ޕާކަކީ ފުރިހަމަ ރީތިތަނަށް ހަދަން އެޗްޑީސީއިން ކުރިއަށް ގެންދާ ޕްރޮގްރާމެވެ.

ގައުމީ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެޗްޑީސީ އިން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމަށް އެ ދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ ”ކޯސްޓަލް ކްލީނަޕް“ ހަރަކާތާއެކު، ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުމަށް ޕެނަލް ޑިސްކަޝަންވެސް އޮންނާނެ އެވެ. މި ހަރަކާތް އޮންނާނީ މިރެއެވެ.

ގުޅުންހުރި ލިޔުންތައް