ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

އެމްޑީޕީ ސަރުކާރުގެ 200 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށްދޭން އެޗްޑީސީން ހުށަހަޅައިފި

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރަން އިދާރާތަކަށް ހުށަހަޅަން ފަށައިފިއެވެ.

އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ 2019 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެ ކޯޕަރޭޝަންގެ މިލްކިއްޔާތުގައިވާ ބިމާއި، މުދަލާއި ހިދުމަތުން، 200 މިލިއަނެއްހާ ރުފިޔާގެ ހިޔާނާތް ބައެއް ފަރާތްތަކުން ވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

އެހެންކަމުން އެކަންކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ތަހުގީގީ އިދާރާތަކަށް ހުށަހަޅަމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ކަނޑައަޅާފައިވާ އިޖުރާއަތްތަކާއި އުސޫލުތަކުގެ ބޭރުން ބިން ވިއްކާފައި ހުރިކަން ވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީން ބުނީ އެކަންކަން ތަހުގީގުކޮށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ތަހުގިގީ އިދާރާތަކަށް އެ ކުންފުނީގެ ފަރާތުން ފުރިހަމަ އެއްބާރުލުންދޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް