އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ހިމަންދޫ ހޭންޑްބޯޅަ ކޯޓު ތަރައްގީކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި

އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ހޭންޑްބޯޅަ ކޯޓު ތަރައްގީކުރުމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައެވެ.

ހިމަންދޫ ހޭންޑްބޯޅަ ކޯޓު ތަރައްގީކުރުމަށް އާރްޑީސީއާ ހަވާލުކުރުން | ފޮޓޯ: ކުޅިވަރާއި ބެހޭ ވުޒާރާ

ސަރުކާރާއި އާރްޑީސީއާއި ދެމެދު ވެވުނު މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ނަޒީމްއެވެ. މިރަސްމިއްޔާތުގައި ހިމަންދޫ ކައުންސިލުގެ ބައެއް މެމްބަރުވެސް ބައިވެރިވެވަޑައިގަތެވެ.

ހިމަންދޫ ހޭންޑްބޯޅަ ކޯޓު ތަރައްގީކުރުމަށް އާރްޑީސީއާ ހަވާލުކުރުން | ފޮޓޯ: ކުޅިވަރާއި ބެހޭ ވުޒާރާ

ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަޤްޞަދުގައި ސަރުކާރުން ގެންދަވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުޅިވަރުގެ މަޝްރޫޢުތައް ހިންގަވަމުންނެވެ. އޭގެ ތެރޭގައި ކޯޓުތަކާއި ދަނޑުތަކުގެ މަސައްކަތްވެސް ކުރެވެމުންދެއެވެ.

މިގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން ހުރިހާ ރަށެއްގައި ހޭންޑްބޯޅަ ކޯޓު އެޅުމުގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ އޮގަސްޓުމަހު އަރިއަތޮޅު އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް