އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ޔޫއެފާ ޗެންޕިއަންސް ލީގު: މުހިންމު ކުޅުންތެރިން ނުލައިވެސް ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީން 2-1 އިން ބާސެލޯނާ ބަލިކޮށްފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗާއި ޕީއެސްޖީން ކުރިމަތިލިއިރު އެޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގެ ސަބަބުން މި މެޗުގައި ކުޅެފައެއް ނުވެ އެވެ. އޭގެތެރޭގައި އޮސްމާނޭ ޑެމްބެލޭ އާއި ކިވިޗާ ކްވަރަސްކެލިއާ އަދި ޑެޒީރޭ ޑޫއޭ ހިމެނެއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަދި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން

މި މެޗުގެ ފުރަތަމަ ގޯލު މެޗުގެ 19 ވަނަ މިނެޓްގައި ކާމިޔާބުކުރީ ބާސާ އިންނެވެ. މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ބާސާއަށް ކާމިޔާބުކޮށްދިނީ ފެރަން ޓޮރޭސްއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕީއެސްޖީގެ އުމުރުން 19 އަހަރުގެ މިޑްފީލްޑަރު ސެނީ މަޔޫލޫ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަދި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން

ދެވަނަ ހާފުގައި ޕީއެސްޖީން ރަނގަޅު ކުޅުމެއް ދައްކައި ދިޔައީ ބާސާގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އަޝްރަފް ހަކީމީ ދިން ޕާހަކުން މެޗުގެ 90 ވަނަ މިނެޓްގައި މި މެޗުން ޕީއެސްޖީ މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ގޮންސާލޯ ރާމޯސްއެވެ.

މި މޮޅާއެކު މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެން ޕީއެސްޖީން ވަނީ 6 ޕޮއިންޓު ހޯދައިފައެވެ. ބާސާއަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ގުޅުންހުރި ލިޔުންތައް