އާދިއްތަ, ނޮވެމްބަރ 9, 2025
spot_img
- Advertisement -spot_img

ސްޓެލްކޯގެ މުވައްޒަފުން ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރި ކުރުމުގެ ވޯކްޝޮޕެއް

ސްޓެލްކޯގެ މުވައްޒަފުންގެ މެދުގައި ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި އެވެ.

ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ބްލިސް މޯލްޑިވްސްއާ ގުޅިގެންނެވެ. މި ވޯކްޝޮޕްގައި ސްޓެލްކޯގެ 25 މުވައްޒަފުން ބައިވެރިވިއެވެ.

ސްޓެލްކޯގެ މުވައްޒަފުން ކުރިޔަށް ގެންދިޔަ ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރި ކުރުމުގެ ވޯކްޝޮޕް | ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯ އިން ބުނި ގޮތުގައި މި ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސްޓްރެސް މެނޭޖްކުރުމުގެ މުހިންމުކަމާއި އޭގެ ސަބަބުން އުފެއްދުންތެރިކަމާއި ދުޅަހެޔޮކަން އިތުރުކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ.

ސްޓެލްކޯގެ މުވައްޒަފުން ކުރިޔަށް ގެންދިޔަ ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރި ކުރުމުގެ ވޯކްޝޮޕް | ފޮޓޯ: ސްޓެލްކޯ

މީގެ އިތުރުން، ސްޓްރެސްގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާއި އޭގެ ސަބަބުން އުފެއްދުންތެރިކަމާއި ދިރިއުޅުމުގެ ފެންވަރު ދަށްވެގެންދާ ގޮތާއި މެދު ހޭލުންތެރިކޮށް ސްޓްރެސް މެނޭޖްކުރުމަށް ބޭނުންކުރެވިދާނެ އެކި އިސްތިރާޖުތައް ވޯކްޝޮޕްގެ ބައިވެރިނަށް ދަސްކޮށްދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް