އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ޝަރަފުވެރިކަމާއެކު ސްޓެލްކޯގެ ތިން މުވައްޒަފަކު ރިޓަޔާ ކުރައްވައިފި

ސްޓެލްކޯގެ ތިން މުވައްޒަފަކު ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވައިފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އިޚުލާސްތެރިކަމާއިއެކު ސްޓެލްކޯއަށް ޚިދުމަތްކޮށްދެއްވި ބައެއް ބޭފުޅުން ޝަރަފްވެރިކަމާ އެކު ރިޓަޔާ ކުރެއްވުމާ ގުޅިގެން އެ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އިއްޔެ ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ.

https://twitter.com/STELCOMALDIVES/status/1973021116638920997

މި ހަފްލާގައި އެ ބޭފުޅުންނަށް ރިޓަޔާ ކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދިނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދުއެވެ.

ޝަރަފްވެރިކަމާއައެކު ޚިދުމަތުން ރިޓަޔާ ކުރެއްވި ސީނިއާ ސާވިސް އިންޖިނިއަރު އަޙުމަދު މަނިކު (ސުތުލި)، ވަނީ ކުންފުނީގެ ޚިދުމަތުގައި 42 އަހަރު ހޭދަކޮށްފައެވެ. އަދި  ސީނިއަރ ސާވިސް އިންޖިނިއަރު އިބްރާހިމް ރަޝީދު (އަންދަރޭ)، ޚިދުމަތުގައި 34 އަހަރު ހޭދަކޮށްފައިވާއިރު ސީނިއާ ސާވިސް ސުޕަރވައިޒަރު ޙަސަން ޙަލީމް، ޚިދުމަތުގައި 7 އަހަރު ވަނީ ހޭދަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް