ޔުއެފާ ޗެންޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ކަޒަކިސްތާންގެ އެފްސީ ކައިރަޓް 5-0 ގެ ނަތީޖާއަކުން ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ކައިރަޓް އިން ވެސް ވަނީ ކައުންޓާ އެޓޭކުތަކުގައި ރެއާލްގެ ގޯލަށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި ރެއާލް މެޑްރިޑުން މެޗުގެ ލީޑުހޯދި ލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ކިލިއަން އެމްބާޕޭއެވެ.

ރެއާލް މެޑްރިޑުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ކީޕަރު ކޯޓުއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެމްބާޕޭ ކާމިޔާބުކުރިއިރު, މިމެޗުގައި އެމްބާޕޭ ހެޓްރިކް ފުރިހަމަކުރީ 74 ވަނަ މިނެޓުގައެވެ. އަދި ރެއާލްގެ ހަތަރުވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި މިޑްފީލްޑަރު އެޑްގާޑޯ ކަމަވިންގާ ކާމިޔާބުކުރިއިރު އެޓީމުގެ ފަސްވަނަ ލަނޑު މެޗުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފޯވާޑް ބްރަހީމް ޑިއާޒްއެވެ.

ޔުއެފާ ޗެންޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަދި ކަޒަކިސްތާންގެ އެފްސީ ކައިރަޓް ބައްދަލުކުރި މެޗުގެ ތެރެއިންމިނަތީޖާއެކު ޗެންޕިއަންސް ލީގުގައި ރެއާލް މެޑްރިޑް ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު، މިމެޗުން ބަލިވި ކައިރަޓް ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.



