އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ރ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލް އިން އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫއުގެ ދަށުން ރ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ.

އެ ބޭންކް އިން އެންމެ ފަހުން އޭޓީއެމްގެ ހިދުމަތް ގާއިމް ކުރީ ރ. ފައިނުގައެވެ.

​​​އޭޓީއެމް ހިދުމަތް ފެށުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ރ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުމާއެކު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ފަސޭހައިން ވާސިލުވެވޭނެ ބޭންކިންގ ހިދުމަތެއް ގާއިމުކުރުމުގެ މުހިންމު ލަނޑުދަނޑިއެއް ހާސިލްވެފައިވާ ކަމަށެވެ.

”މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އިން އޭޓީއެމްގެ ހިދުމަތް ގާއިމުކުރި 16 ވަނަ އަތޮޅު.“

​​​މިއަދު ބީއެމްއެލްއިން ވަނީ ފައިނުގެ އިތުރުން ވާދޫ، ރަސްގެތީމު، އަނގޮޅިތީމު، ހުޅުދުއްފާރު، މާކުރަތު އިންނަމާދޫ އަދި ރަސްމާދޫގައިވެސް އޭޓީއެމްގެ ހިދުމަތް ފަށައިފައެވެ.

​​​މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 188 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 246 އޭޓީއެމްގެ އިތުރުންއެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީއާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށްއެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް