އާދިއްތަ, ނޮވެމްބަރ 9, 2025
spot_img
- Advertisement -spot_img

ސްޕެނިޝް ލަލީގާ: ސޮސިއެޑާޑް ބަލިކޮށް ބާސެލޯނާ ތާވަލުގެ އެއްވަނަ އަށް

ސްޕެނިޝް ލަލީގާގައި ރޭގައި ކުޅު މެޗުގައި ފަހަތުން އަރައި ރެއާލް ސޮސިއެޑާޑް 2-1 އިން ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނަ އަށް ބާސެލޯނާ އަރައިފިއެވެ.

ސޮސިއެޑާޑް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑުނެގީ ސޮސިއެޑާޑުންނެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ 31 ވަނަ މިނިޓްގައި އަލްވާރޯ އޮޑްރިއޮޒޯލާއެވެ. މިއީ ސޮސިއެޑާޑްގެ އަންޑެއާ ބެރެންޓެކްސެއާ ތަނަވަސްކޮށްދިން ފުރުސަތަކުން އޮޑްރިއޮޒޯލާ ޖެހި ގޯލެކެވެ.

ރެއާލް ސޮސިއެޑާޑް އަދި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން

ބާސެލޯނާ އިން އެއްވަރުކުރީ މެޗުގެ 44 ވަނަ މިނެޓްގަ އެވެ. މިއީ މާކަސް ރަޝްފޯޑް ކޯނަރަކުން ނަގައިދިން ބޯޅައަކުން ޖޫލްސް ކޫންޑޭ ޖެހި ގޯލެކެވެ. އަދި މެޗުގެ 58 ވަނަ މިނެޓްގައި ރޮބަޓް ލެވެންޑޯސްކީގެ ގޯލުން ބާސާއިން ވަނީ ލީޑު ނަގައިފަ އެވެ. މި ގޯލު ލެވެންޑޯސްކީ ކާމިޔާބުކުރީ ދެވަނަ ހާފުގައި ކުޅެން އެރި ލަމީން ޔަމާލް ދިން ބޯޅައަކުން ޖެހި ގޯލެކެވެ.

ރެއާލް ސޮސިއެޑާޑް އަދި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން

ނަތީޖާ އެއްވަރުކޮށްލަން ސޮސިއެޑާޑަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެޓީމަށް އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތް ވަނީ ނުވެފައެވެ.

މި ނަތީޖާ އާއިއެކު ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ ހަތް މެޗުން 19 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ރެއާލަށް މެޑްރިޑަށް ވަނީ ހަތް މެޗުން 18 ޕޮއިންޓް ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް