އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ސްޕެނިޝް ލަލީގާ: މެޑްރިޑް ޑާބީ މެޗު އެތުލެޓިކޯ އިން ކާމިޔާބުކޮށްފި

ސްޕެނިޝް ލީގުގައި މިރޭ އެތުލެޓިކޯ މެޑްރިޑުން 5-2 އިން ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް، އެ ޓީމުން މި ފަހަރުގެ ލީގުގައި ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ ރެކޯޑްނިމުމަކަށް ގެނެސްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އެތުލެޓިކޯ އިން ލީޑުނެގީ 14 ވަނަ މިނިޓްގައި، ރޮބިން ލެ ނޯމާން ޖެހި ގޯލުންނެވެ. އެހެންނަމަވެސް، އޭގެ ފަހުން ކުޅުން ރަނގަޅުކޮށް، ރެއާލުން 11 މިނިޓް ތެރޭ ދެ ލަނޑު ޖަހައި، ނަތީޖާ އަނބުރާލިއެވެ. އެ ގޮތުން، މެޗުގެ 25 ވަނަ މިނިޓްގައި، ކީލިއަން އެމްބާޕޭ ވަނީ އާޑާ ގުލާ ދިން ބޯޅައަކުން ގޯލު ޖަހައި އެއްވަރުކޮށްފައެވެ. އަދި، މެޗުގެ 36 ވަނަ މިނިޓްގައި، ވިނީޝިއުސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގުލާ ވަނީ ގޯލު ޖަހައި، ރެއާލަށް ލީޑުނަގައިދީފައެވެ.

ސްޕެނިޝް ލަލީގާގައި ރިއަލް މެޑްރިޑް އަދި މެޗު އެތުލެޓިކޯ ބައްދަލުކުރ މެޗުގެ ތެރެއިން

މެޗުގެ 44 ވަނަ މިނިޓްގައި، އެތުލެޓިކޯގެ ކްލެމެން ލޯންގްލޭ ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްފައެވެ. އެކަމަކު، އެ ބޯޅަ ގޯލަށް ވަނީ އަތުގައު ޖެހިފައި ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމުމުން، ގޯލު ބަލައިނުގަތެވެ. އެކަމަކު، އޭގެ މިނިޓެއް ފަހުން، އެތުލެޓިކޯގެ އަލެކްސަންޑަ ސޯލޯތު ބޮލުން ގޯލެއް ޖަހައި، އެއްވަރުކުރިއެވެ.

ސްޕެނިޝް ލަލީގާގައި ރިއަލް މެޑްރިޑް އަދި މެޗު އެތުލެޓިކޯ ބައްދަލުކުރ މެޗުގެ ތެރެއިން

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަ މިނިޓް ތެރޭގައި ޕެނަލްޓީ އަކުން އެތުލެޓިކޯގެ ޖޫލިއަން އަލްވަރޭޒް ވަނީ ލަނޑު ޖަހައި އެ ޓީމަށް ލީޑުނަގައިދީފައެވެ. އަދި، މެޗުގެ 63 ވަނަ މިނިޓްގައި، އަލްވަރޭޒް ވަނީ އިތުރު ގޯލެއް ޖަހައި، އެތުލެޓިކޯ އަށް ހަމަޖެހުމެއް ހޯދައިދީފަ އެވެ. ރެއާލްގެ ކުޅުންތެރިން ކުރިއަށްޖެހިގެން ކުޅެމުން ދަނިކޮށް އެތުލެޓިކޯގެ ފަހު ލަނޑު ޖެހީ، އޭރިއާތެރެއިން ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން އަންޓުއާން ގްރީޒްމަންއެވެ.

ރެއާލުން ސީޒަނުގެ ފުރަތަމަ ހަ މެޗުން މޮޅުވިއިރު، ހަތް ވަނަ މެޗުން މި ވަނީ ބަލިވެފަ އެވެ. ރެއާލުން އެއް ވަނައިގައި އޮތީ ހަތް މެޗުން 18 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ހަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ވިޔަރެއާލަށް ހަތް މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. އަދި، ހަތަރެއްގައި އޮތް އެތުލެޓިކޯ އަށް ވަނީ ހަތް މެޗުން 12 ޕޮއިންޓް ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް