އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އދ. ގައި ޖައްބާރު ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ގިނަ ބަޔަކު ޖަލްސާ ދޫކޮށް ނުކުމެއްޖެ

އދ. ގެ އާންމު މަޖިލިހުގެ 80 ވަނަ ސެޝަންގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގްރީރު ކުރަން ފެށުމާއެކު، ގިނަ ގައުމުތަކުގެ މަންދޫބުން އެ ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންފިއެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާ އެކު، އދ. ގެ ގިނަ މެމްބަރު ގައުމުތަކުގެ މަންދޫބުން ވަނީ އާންމު މަޖިލިހުގެ ޖަލްސާ ދޫކޮށް އެތަނުން ނުކުމެފައެވެ. އެއީ އެމެރިކާގެ އެހީތެރިކަމާއިއެކު އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އެގޮތުން އިސްލާމީ ގައުމުތަކުގެ އިތުރުން އެފްރިކާ އަދި ބައެއް ޔޫރަޕްގެ ގައުމުތަކުގެ މަންދޫބުން ވެސް ޖަލްސާ ދޫކޮށް ނުކުމެފައިވެއެވެ.

އ.ދ ގައި ތަގުރީރު ކުރަން ނަތަންޔާހޫ އަށް ފުރުސަތު ދިނުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެގެން ގޮސްފައެވެ. މި ޖަލްސާ އަށް ވަޑައިގަތުމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އަދި އެގައުމުގެ އޮފިޝަލުންނަށް ވިސާ ދޭން އެމެރިކާ އިން ވަނީ ދެކޮޅު ހަދައިފައެވެ. އައްބާސް މި ޖަލްސާގައި ތަގުރީރު ކުރެއްވީ ވީޑިއޯ މެދުވެރިކޮށެވެ.

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ގިނަ ގައުމުތަކަކުން ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައި އެކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 65،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް