ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ނިރުބަވެރި އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމާލަތައް އެތައް ގުނައަކަށް ވަރުގަދަ ކޮށްފި

7 އޮކްޓޯބަރު 2023 ވަނަ ދުވަހަށްފަހު މިއަދަކީ ޣައްޒާއަށް އައި އެންމެ ނުރައްކާތެރި ދުވަސް ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އެމެރިކާގެ އެހީތެރިކަމާއިއެކު ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަސްކަރިއްޔާއިން އެއްގަމުން ޣައްޒާގެ އެތެރެއަށް ވަދެގަނެފައިވާއިރު އެ މީހުން އަންނަނީ އެތައް ހާސް ފަލަސްތީނުގެ ރައްޔިތުން އެ މީހުން ދިރިއުޅެމުން އަންނަ ތަންތަނުން ގަދަކަމުން ނެރެފައެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި މިއަދު ޣައްޒާއަށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކަކީ މިހާ ހަމައަށް އެ މީހުން ދޭން ފަށާފައިވާ އެންމެ ނުރައްކާތެރި ހަމަލާތައް ކަމަށެވެ.

ޣައްޒާގެ ރައްޔިތުން ހާމަކުރާ ގޮތުގައި އިޒްރޭލުން އަންނަނީ މިއަދު ހުއްޓުމެއް ނެތި ޑްރޯން ހަމަލާތަކާއި ފައިޓާ ޖެޓުގެ ސްޓްރައިކްތައް ޣައްޒާއަށް ދެމުންނެވެ. އިޒްރޭލުން މިއަދު އަންނަނީ ޣައްޒާގެ އަވަށްތައް ބިމާ ހަމަކުރަމުން ކަމަށް ވެސް އެ ފަރާތްތަކުން ހާމަކުރެއެވެ.

ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަށް 2 އަހަރު ފުރެން ކައިރިވެފައިވާއިރު މިހާ ތަނަށް އިޒްރޭލުން ވަނީ ޣައްޒާގެ 65,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ. މަރުވިކަން ޔަގީންވި މީހުންގެ އިތުރުން އެތައް ހާސް މީހުންނެއް ގެއްލިފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ގުޅުންހުރި ލިޔުންތައް