ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ދިވެހި ޕްރިމިއާ ލީގު: ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު ފުރަތަމަ ޑިވިޝަނަށް އެނބުރިއައީ ވަރުގަދަ

ހަތް އަހަރުގެ ދިގު މުއްދަތަކަށްފަހު ފުރަތަމަ ޑިވިޝަނަށް އެނބުރި އައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މިއަދު ހަވީރު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެ 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފިއެވެ.

2019 ވަނަ އަހަރު ސަސްޕެންޑް ކުރެވުނު ނިއު އިން 2022 ގައި އަދި 2023 ގައި ސެކަންޑް ޑިވިށަނުގައި ވާދަކުރުމަށްފަހު، ފުރަތަމަ ޑިވިށަޝަނަށް މިއަހަރު ނިކުތީ ވަރުގަދަ ސްކޮޑަކާއެކީގައެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މުހައްމަދު އިރުފާން (އިރޭ) އާއި ނިއުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އަދި ގޯމޭސް ޑަ ސިލްވާ ފުރަތަމަ ހާފުގައި ޖެހި ލަނޑުތަކާއެކު ފުރަތަމަ ހާފު ނިންމާލީ 3-0 އިން ނިއު ކުރީގައި އޮވެގެންނެވެ. މީގެ ތެރެއިން ފުރަތަމަ މޯލު އިރޭ މެޗުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، ދެވަނަ ގޯލަކީ ސެންޓޭ އޭރިޔާ ބޭރުން ޖެހި ރީތި ހިލޭ ޖެހުމަކުން ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގައި ސެންޓޭ އާއި ހަސަން އަޒޫމް އަލީ އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ލަނޑުތަކާއެކު ނިއު އިން ވަނީ މެޗު 6-0 އިން ނިންމާލާފައެވެ. ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކުރީގެ ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން މި ސީޒަނަށް ތައްޔާރުވި ނިއު އިން ވަނީ ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓުން ވަނީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އެހެން ކުލަބުތަކަށް ވަރުގަދަ މެސެޖެއް ދީފައެވެ.

މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ކެޕްޓަން އަލީ ފާސިރުއެވެ.

މި މޮޅާއެކު ނިއު އިން ވަނީ ލީގުގެ ފުރަތަމަ ތިން ޕޮއިންޓް ހޯދައި، ގޯލު ތަފާސްހިސާބުން ޕޮއިންޓް ޓޭބަލްގެ އެއްވަނައަށް އަރާފައެވެ. ނިއުގެ ކުރިޔަށް އޮތް މެޗުގައި ނިކުންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް