ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި ”ކޮވެލި ލައުންޖް“ ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ”ކޮވެލި ލައުންޖް“ ރަސްމީކޮށް ހުޅުވައިފިއެވެ.

ކޮވެލި ލައުންޖް ހުޅުވައިދެއްވީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދެއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު އަދި އެމްއޭސީއެލްގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.

އެ ލައުންޖަކީ 1230 އަކަފޫޓުގެ ބޮޑު ލައުންޖެކެވެ. އެއްފަހަރާ 217 މީހުންނަށް ހިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ ތަނަކީ ދަތުރުވެރިންނަށް ހިތްފަސޭހަ މާހައުލެއް ފޯރުކޮށްދިނުމަށް ހާއްސަކޮށްފައިވާ ބިޒްނަސް ލައުންޖެކެވެ.

ކޮވެލި ލައުންޖްގެ ތެރޭގައި ދަތުރުވެރިންނަށް ބޭނުންވާނެ އެތައް ޒަމާނީ ވަސީލަތްތަކެއް ގާއިމުކޮށްފައިވެއެވެ.

އެމްއޭސީއެލުން ވަނީ މި ލައުންޖް ހުޅުވުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ދަތުރުވެރިންނަށް ލިބޭ ތަޖުރިބާ ރަނގަޅުވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް