ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އެސްޓީއޯ ދެން ހާއްސަވާނީ ކާބޯތަކެތީގެ ވިޔަފާރިއަށް، ދާދި އަވަހަށް ޕޯލްޓްރީ ފާރމިންގ އަށް އިންވެސްޓުކުރާނެ: ރައީސް

ރާއްޖެއަށް ބޭސް އެތެރެކުރުން އެސްޓީއޯއިން ވަކިކޮށް ވަކިން އައު ކުންފުންޏެއް އުފެއްދި ސަބަބު ރައީސް ޑރ މުހައްމަދު މުއިއްޒު ތަފްސީލް ކޮށްދެއްވައިފިއެވެ.

ރައީސް މިކަން ތަފްސީލްކޮށްދެއްވީ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖެއަށް ބޭސް އެތެރެކުރުމަށް ސަރުކާރުން ދާފި ފަހުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުގެ ނަމުވައި ކުންފުންޏެއް އުފައްދާފައިވާއިރު އެކަމަށް އިދިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ނަމަވެސް އެކަމަށް މިއަދު ރައީސް މުއިއްޒު ރައްދު ދެއްވަމުން ވިދާޅުވީ ބޭހުގެ ވިޔަފާރި މިހާރު ސަރުކާރުން ވަކިން ޚާއްޞަކޮށްގެން އެކަމަށް އުފެއްދި ކުންފުންޏަށް ދޫކޮށްލާފައި، އެސްޓީއޯއިން މިހާރު ފޯކަސް ކުރާނީ ކާބޯތަކެތީގެ ވިޔަފާރިއަށް ކަމަށެވެ.

އެގޮތުން ބޭހުގެ ވިޔަފާރި ދެން އެ ބޭސް ގެނެސް އެންމެ ހެޔޮ އަގުގައި، އެންމެ ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް މެދުނުކެނޑި ލިބޭނެގޮތް ގާއިމުކުރަނީ އަލަށް އުފެއްދި ކުންފުނިން ކަމަށް ރައީސް ވިދާޅުވިއެވެ.

”އެ ކުންފުނިން ބޭސް ގެންނާނީ. މެޑިކަލް އިކުއިޕްމަންޓްސް ގެންނާނީ. މެޑިކަލް ޑިވައިސަސް ގެންނާނީ. ކޮންސިއުމަބްލްސް ގެންނާނީ. އެހެންވީމާ، ދެން އެސް.ޓީ.އޯ.އިން އެކަމެއް ނުކުރާނެ. އެސް.ޓީ.އޯ.އިން ދެން ފޯކަސް މިކުރަނީ، ކާބޯތަކެތި ގެންނަން.“ ރައީސް ވިދާޅުވިއެވެ.

އެސްޓީއޯގެ ހިދުމަތްތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި އެސް.ޓީ.އޯ.އިން ރާއްޖޭގެ އެކި ރަށްރަށުން ބިންތައް ނެގުމަށްފަހު ކާބޯތަކެތި އުފައްދަން ފަށާނެ ކަމަށާއި ޕޯލްޓްރީ ފާރމިންގ އަށް އިންވެސްޓުކޮށް އެކަމުގެ ތެރެއަށް އެކުންފުނީން ވަންނާނެ ކަމަށެވެ. އަދި މިއީ ޜާއްޖޭގެ ފުޑް ސެކިއުރިޓިއަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށާއި މިކަމުގައި އެސްޓީއޯގެ ދައުރު ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”މިއީ ހަމަ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ކުރާ ކަންކަން. ދެން މި ކަންކަން ކުރުމުން މިކަމާ ހިތްހަމަ ނުޖެހޭ ބަޔަކު ހިތްހަމަ ނުޖެހޭނީ ރައްޔިތުންނަށް ހެޔޮގޮތެއްވާން ބޭނުންނުވާތީ.“

ދާދި ފަހުން ރައީސް ވަނީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ ހިމެނޭހެން ރާއްޖޭގެ އާބާދީއަށް ބޭނުންވާ ކާބޯތަކެތީ ގަނޑުކޮށް ރާއްޖެއަށް ގެނެސް ވިޔަފާރި ކުރުމަށް ކެބިނެޓުގެ ރުހުމާއިއެކު ކަމާބެހޭ ފަރާތްތަކަށް އަންގަވާފައި އެވެ.

ގުޅުންހުރި ލިޔުންތައް