ބުދަ, ޑިސެމްބަރ 10, 2025
spot_img
- Advertisement -spot_img

ކަރެކްޝަންގެ މުވައްޒަފުންނަށް ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަންއާ ގުޅޭ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި

ޔޫއެންއޯޑީސީގެ ފަރާތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މުވައްޒަފުންނަށް ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަންއާ ގުޅޭ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އާ ގުޅިގެން، ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ’ކޮމިއުނިޓީ-ބޭސްޑް، އޭޖް އެންޑް ޖެންޑަރ ރެސްޕޮންސިވް ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަން ސްޓްރެޓެޖީސް ފޮރ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް’ގެ ނަމުގައި ކުރިއަށްގެންދިޔަ ޓްރޭނިންގ ޕްރޮގްރާމެކެވެ.

މި ޓްރޭނިންގ ޕްރޮގްރާމަކީ ޔޫއެންއޯޑީސީގެ “ގްލޯބަލް މެރީޓައިމް ކްރައިމް ޕްރޮގްރާމް” ދަށުން ކުރިއަށް ގެންދާ ޓްރޭނިންގ ޕްރޮގްރާމެކެވެ. އަދި “ގްލޯބަލް މެރީޓައިމް ކްރައިމް ޕްރޮގްރާމް”ގެ ދަށުން ހިންގާ ބައެއް ޕްރޮގްރާމްތައް ފަންޑްކުރަނީ ޖަޕާނު ސަރުކާރުންނެވެ.

ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަންއާ ގުޅޭ ޓްރޭނިންގ ޕްރޮގްރާމުގެ ތެރެއިން | ފޮޓޯ: އެމްސީއެސް

އެމްސީއެސްގެ ހެޑް އޮފީހުގައި ކުރިއަށް ގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިޝިގާމީ ރުމިކޯއެވެ.

މި ޓްރޭނިންގ ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި އެގްޒަކަޓިވް ކޮމިޓީގެ މެމްބަރުންނާއި ޔޫއެންއޯޑީސީގެ ފަރާތުން މިސްޓަރ އެންރީކޯ ބޮނިންސޭންޔާގެ ޓީމުގެ މެމްބަރުން ބައިވެރިވިލެއްވިއެވެ.

ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަންއާ ގުޅޭ ޓްރޭނިންގ ޕްރޮގްރާމުގެ ތެރެއިން | ފޮޓޯ: އެމްސީއެސް

މި ޓްރޭނިންގ ޕްރޮގްރާމްގައި އެކި ޖަލުތަކުންނާއި ހެޑް އޮފީހުން، ޤައިދީންގެ ރިހެބިލިޓޭޝަން މަސައްކަތްކުރާ 23 އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރަށް ހަރުދަނާ ކުރުމާއި ’ރިސްކް ނީޑް ރެސްޕޮންސިވިޓީ‘ (އާރްއެންޑްއާރް) މޮޑެލް ފަދަ ބައިނަލްއަގްވާމީ މިންގަނޑުތައް ބޭނުންކޮށްގެން، އެކި ބާވަތުގެ ކުށްތަކުގައި ބަންދުކުރެވިފައިވާ ޤައިދީންނަށް ޚާއްސަ ކޮމިއުނިޓީ-ބޭސްޑް ސްޓްރެޓެޖީތަކެއް އެކުލަވާލައި އަދި ތަންފީޛުކުރުމެވެ.

އެގޮތުން މި ޓްރޭނިންގ ޕްރޮގްރާމްގައި ޔޫއެންއޯޑީސީގެ ޕްރިޒަން އެކްސްޕަރޓުން ވަނީ “ރިސްކް ނީޑް ރެސްޕޮންސިވިޓީ” (އާރްއެންޑްއާރް) މޮޑެލްގެ އަސާސް ކިޔަވައިދީ، އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން މަސައްކަތްކުރާ ފަރާތްތަކުގެ އެފަދަ އަމަލުތައް ހުއްޓުވުމާއި، ކޯ ކަރެކްޝަނަލް ޕްރެކްޓިސަސް (ސީސީޕީ) މޯޓިވޭޝަނަލް އިންޓަވިއުއިންގ ފަދަ އުކުޅުތައް ކިޔަވާދީފައެވެ.

ގުޅުންހުރި ލިޔުންތައް