ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އިންޑިއާ އެމްބަސީން ހުޅުމާލޭގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް މި އަހަރު 60 އަހަރުވެފައިވާތީ އެކަމާ ގުޅުވައިގެން ހުޅުމާލޭގައި އިއްޔެ އިންޑިއާގެ އެމްބަސީން ގަސްތަކެއް އިންދައިފިއެވެ.

މިގޮތުން ސެންޓްރަލް ޕާކްގައި އިންދާފައި ވަނީ 60 ގަހެވެ. މި ހަރަކާތުގައި އެމްބަސީގެ ފަރާތުން އިސްކޮށް ހުންނެވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމެވެ.

އިންޑިއާ އެމްބަސީން ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން | ފޮޓޯ: އެޗްޑީސީ

ގަސް އިންދަން ބޭއްވި ހަރަކާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާ އެމްބަސީން ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން | ފޮޓޯ: އެޗްޑީސީ

އިންޑިއާ އެމްބަސީން ހުޅުމާލޭގައި ގަސް އިންދީ ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ތެރެއިން އެޗްޑީސީން ކުރިއަށް ގެންދާ އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިންނެވެ.

ގުޅުންހުރި ލިޔުންތައް