ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަށް ވެރިފަރާތްތަކާ ޙަވާލުކުރަން ފަށައިފި

ކުރީ ސަރުކާރުން ކުރިޔަށްގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަށް ވެރިފަރާތްތަކާ ޙަވާލުކުރަން ފަށައިފިއެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ބުނީ ބިންވެރިޔާ ސްކީމްގެދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ޙަވާލުކުރަން މިއަދު ފަށާފައިވާ ކަމަށެވެ. ބިންތައް ހަވާލުކުރަށް ސަރުކާރުން މިއަދު ފެށި އިރު ބިންވެރިޔާ ސްކީމްގެދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހު އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަށް ވެރިފަރާތްތަކާ ޙަވާލުކުރުން | ފޮޓޯ: ހައުސިންގ މިނިސްޓްރީ

ހައުސިންގ މިނިސްޓަރު އަބްދުالله މުއްތަލިބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުޅީފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރެއިން މިވަގުތު ކޮންސްޓްރަކްޝަން ސައިޓްތަކުގެ ގޮތުގައި މިހާރު ބޭނުންކުރެވުމުންދާ ބިންތައް ކޮންޓްރެކްޓަރުން ހުސްކުރިހާ އަވަހަކަށް އެބިންތައްވެސް އެބިންތަކުގެ ވެރިފަރާތްތަކާއި ހަވާލުކުރެވޭނެ ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަށް ވެރިފަރާތްތަކާ ޙަވާލުކުރުން | ފޮޓޯ: ހައުސިންގ މިނިސްޓްރީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެކުލަވާލި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުން ގެނައި ބަދަލާއި، ގިރާވަރުފަޅުން ކުރިން ދޭން ނިންމާފައިވާ ބައެއް ގޯތިތައް ގުޅީފަޅުން ދޭގޮތަށް ހަމަޖެއްސުމާ ގުޅިގެން، ކުރީގެ ރަޖިސްޓްރީތައް ބާތިލްކުރެވި، މިދިޔަ މެއި މަހު އަލުން ގުރުއަތުލައި ގޯތި ލިބޭ ތަންތަން އަލުން ކަނޑައަޅާފައިވެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން 1,260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާއިރު، އަލަށް އެކުލަވާލި ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށާއި، ސޯޝަލް ހައުސިންގއަށާއި، ތަޢުލީމީ، ސިއްޙީ، އިންޑަސްޓްރިއަލް، އަދި ސިޓީ ހޮޓާ ފަދަ ޚިދުމަތްތަކަށް ބިން ކަނޑައަޅާފައިވެއެވެ. އަދި ހިތްފަސޭހަ ދިރިއުޅުމަކަށް ޕާކުތަކާއި ކުޅިވަރު ސަރަހައްދުތައް ވެސް ހިމަނާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް