ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ފުވައްމުލަކު ހޮސްޕިޓަލުގައި މެންޓަލް ހެލްތު ގެޕް ޓްރެއިނިންގް ޕްރޮގްރާމެއް ފަށައިފި

ފުވައްމުލަކު ހޮސްޕިޓަލުގައި ފެށި މި ތަމްރީން ޕްރޮގްރާމުގައި ދާއިރާއާ ގުޅޭ ތަޖުރިބާކާރުންގެ އެހީއާއެކު، ނަފްސާނީ އުނދަގޫތަކާއި އަދި ބަލި ހުންނަ ފަރާތްތަކާއި އެކު މަސައްކަތްކުރުމުގައި ނަފްސާނީ ބަލިތަކުގެ އަލާމާތްތައް ދުރާލާ ދެނެގަތުމާއި، ބަލި މެނޭޖްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަދި އެފަރާތްތަކާއި އެކު މަސައްކަތްކުރުމުގައި ބޭނުންވާނެ މަޢުލޫމާތާއި ހުނަރު، މި ޕްރޮގްރާމުގެ ބައިވެރިންނަށް ދަސްވެންދާނެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި މެންޓަލް ހެލްތު ގެޕް ޓްރެއިނިންގް ޕްރޮގްރާމްގެ ތެރެއިން | ފޮޓޯ: ހެލްތް މިނިސްޓްރީ
ފުވައްމުލަކު ހޮސްޕިޓަލުގައި މެންޓަލް ހެލްތު ގެޕް ޓްރެއިނިންގް ޕްރޮގްރާމްގެ ތެރެއިން | ފޮޓޯ: ހެލްތް މިނިސްޓްރީ

މެންޓަލް ހެލްތު ގެޕް ޓްރެއިނިންގް ޕްރޮގްރާމަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެ ފަދަ ނަފްސާނީ ފަރުވާ ދިނުމުގެ ވަސީލަތްތައް މަދުވުމުން ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލަމުން ދާ ގައުމުތަކުގައި ގުޅުން ހުރި ޚިދުމަތް ފޯރުކޮށްދެމުންދާ ސްޕެޝަލިސްޓް ނޫން ޚިދުމަތްތެރިންގެ ހުނަރާއި ގާބިލްކަން އިތުރުކޮށްގެން ނަފްސާނީ ބަލީގެ ފަރުވާ ދިނުމުގައި ހުރި ފަރަގު ކުޑަކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ތަމްރީން ޕްރޮގްރާމަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ނެޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތުގެ އެހީތެރިކަމާއެކު ކުރިއަށްދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އައްޑޫ ސިޓީގައިވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް