ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: ބްރެންޓްފޯޑު އަދި ޗެލްސީގެ މެޗު އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑު އަދި ޗެލްސީ ބައްދަލުކުރި މެޗުގެ 2-2 އިން އެއްވަރުވެއްޖެއެވެ.

ބްރެންފޯޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 35 ވަނަ މިނެޓްގައި ޖޯޑަން ހެންޑަސަން ދިން ޕާހަކުން ކެވިން ޝާޑް ވަނީ ބްރެންޓްފޯޑަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ދެވަނަ ހާފުގައި ކުޅެން އެރި ކޯލް ޕާމާ ވަނީ މެޗުގެ 61 ވަނަ މިނެޓްގައި ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 85 ވަނަ މިނެޓްގައި މޮއިސެސް ކައިސޭޑޯ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ.

ބްރެންޓްފޯޑު އަދި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

މި ގޯލާއެކު ޗެލްސީ މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ތެރޭގައި ފަބިއޯ ކަވާލޯ ވަނީ ބްރެންޓްފޯޑަށް ނަތީޖާ އެއްވަރުކޮށްދީ، ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓާފައެވެ.

ބްރެންޓްފޯޑު އަދި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޓޮޓެންހަމުން ވަނީ 3-0 އިން ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށްފައެވެ. ނިއުކާސަލް ޔުނައިޓެޑުން 1-0 އިން ވުލްވްސްގެ މައްޗަށް ކުރި ހޯދިއިރު، ބޯންމަތް އިން ވަނީ 2-1 އިން ބްރައިޓަން ބަލިކޮށްފައެވެ. މީގެ އިތުރުން ކްރިސްޓަލް ޕެލެސް އަދި ސަންޑަލޭންޑް ބައްދަލުކުރި މެޗުގައި އެއްވެސް ގޯލެއް ޖެހިފައި ނުވާއިރު، އެވަޓަން އަދި އެސްޓަން ވިލާ ބައްދަލުކުރި މެޗުވެސް ނިނުމީ ގޯލެއް ނުޖެހިއެވެ.

ގުޅުންހުރި ލިޔުންތައް