ރާއްޖޭގެ އިންޖިނިއަރުންގެ ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ކޮންޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އިސް ނަގައިގެން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
މި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހަވީރު މާލޭ އުސްފަސްގަނޑު ސަރަޙައްދުގައެވެ. މި ހަވީރު ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔުމުގައި މިނިސްޓްރީއާއެކު 8 ފަރާތަކުން ވަނީ ތަފާތު ސްޓޯލްތައް ހިންގާފައެވެ. އޭގެތެރޭގައި އެސް.އޯ.އީތަކާ އެކި އިދާރާތައް ހިމެނެއެވެ.

މިހަވީރުގައި ޤާއިމްކޮށްފައިވާ ސްޓޯލްތައް، މިނިސްޓަރ ޑރ.ޢަބްދުﷲ މުއްތަލިބު ވަނީ ބައްލަވާލައްވާފައެވެ.
އެގޮތުން އިންޖިނިއަރިންގެ އެކި ދާއިރާތަކާގުޅޭ މަސައްކަތްތައް ދައްކާލުމާ ކުޑަކުދިން ޝައުގުވެރިވާ ހަރަކާތްތައް ސްޓޯލްތަކުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދިޔަ ސްޓޯލްގައި އިންޖިނިއަރިން ދާއިރާއަށް ގުޅުންހުރި ގޭމްތަކާއި މައުލޫމާތު ކުޑަކުދިންނަށް ފޯރުކޮށްދިނެވެ.
މި ހަވީރުގައި ތުއްތު ކުދިންނާއެކު އާއިލާތަކުންވެސް ވަނީ ބައިވެރިވެފައެވެ. އަދި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވި ކުދިންނަށް ހަދިޔާވެސް ވަނީ ބަހާފައެވެ.
ކުޑަކުދިންގެ ހަވީރުގައި ބައިވެރިވި އެކި އިދާރާތަކުގެ އިތުރުން މި އިވެންޓް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި އެމްޑަބްލިޔުއެސްސީ، އެފްޑީސީ، ފެނަކަ، ދިރާގު އަދި އުރީދޫގެ ވަރަށް ބޮޑު އެއްބާރުލުން ލިބުނުކަން މިނިސްޓްރީން ފާހަގަ ކުރިއެވެ.
މިނިސްޓްރީން ބުނީ މިފަދަ ހަވީރެއް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ އިންޖިނިއަރިން ދާއިރާގައި ކުރާ މަސައްކަތްތަކާ އަދި އެކަމަށް ޝައުގުވެރިވާ އައު ޖީލެއް އުފެދިގެން ދިއުމަށް ބާރުއެޅުން ކަމަށެވެ.