ހުކުރު, ނޮވެމްބަރ 14, 2025
spot_img
- Advertisement -spot_img

ބިލް ފާސްވިޔަސް ރައްޔިތުންނަށް ސޯޝަލް މީޑިއާ ބޭނުންކުރަން އެއްވެސް ހުރަހެއް ނެތް: މެންބަރު ފަލާހު

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަށް އަމަލު ކުރަން ފެށިޔަސް ޒުވާނުންނަށާއި ރައްޔިތުންނަށް ހަމަ ގަދައަށް ސޯޝަލް މީޑިއާ ބޭނުން ކުރެވޭނެކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

މެންބަރު ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުލް ހަންނާން ހުށަހަޅުއްވާފައިވާ މީޑިއާ ބިލުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބަންދުކުރެވޭނެ އެއްވެސް މާއްދާއެއް ނުހިމެނޭ ކަމަށެވެ. އަދި ފޭސްބުކް، ޓިކްޓޮކް އަދި ޓްވިޓަރ ފަދަ ޕްލެޓްފޯމްތައް ބަންދުކުރުމަށް މި ބިލުން ފުރުސަތު ނުދޭކަން ފަލާހު ފާހަގަކުރެއްވިއެވެ.

”ރައީސް މުޢިއްޒުއަކީ ތިޔަޒުވާނުންނާއި. ރައްޔިތުންނަށް. ދުވަހަކުވެސް ނުލިބޭނެފަދަ ތިޔަ ޒުވާނުންގެ އަދި ރައްޔިތުންގެ މުޅި މުސްތަޤުބަލް އުޖާލާކޮށް ރައްކާތެރި ކޮށްދޭނެ ހެޔޮލަފާ %100 ޔަޤީންކަން އޮތްވެރިއެއް!“ ފަލާހުގެ ޕޯސްޓްގައިވެއެވެ.

ފަލާހު އިތުރަށް ވިދާޅުވީ، ”އެމްޑީޕީއަކީ ލެޕްޓޮޕަކާ ފަޅުރަށަކުން މުޅި ޤައުމު ހިންގޭނެކަމަށް ބުނެ ރައީސް މައުމޫނުގެ ވެރިކަން ދޮގާއި މަކަރާއި އޮޅުވާލުމުން ބަދަލުކުރި ބައެއް“ ކަމަށެވެ. އަދި މިފަދަ ހަނދާންތައް އާކުރުމަކީ މުހިންމު ކަމެއް ކަމުގައި ފަލާހު ފާހަގަކުރެއްވިއެވެ.

ފަލާހުގެ ޕޯސްޓްގައި ރައީސް މުޢިއްޒުގެ ވެރިކަމުގައި ޤައުމަށް ލިބޭނެ ކުރިއެރުމާއި ތަރައްޤީއަށްވެސް އިޝާރާތްކުރައްވާފައިވެއެވެ. އަދި ”ނޫސްވެރިކަމުގެ ތާޖު އަޅައިގެންތިބި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ މަޅީގައި ޒުވާނުން ޖެހިގެން ނުވާނެ“ ކަމަށް ވިދާޅުވެފައިވެ އެވެ.

މިދިޔަވެރިކަމުގައި އެމްޑީޕީގެ ނުފޫޒުގަދަ ފަރާތްތަކުން ކޮށްފައިވާ ވައްކަންތަކުގެ މައްސަލަތައް ކަމާގުޅުންހުރި ފަރާތްތަކުން ބަލަންފަށައިފިކަން އިނގުނު ހިސާބުން ރައްޔިތުންނަށް މުޒާހަރާއަށްގޮވާ ތެޅިފޮޅެނީމި!

އެމްޑީޕީއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އޮވެ މީޑިއާ ބިލުގެ ވާހަކަ ދައްކަމުން ދަނީ ރައީސް މުޢިއްޒު މިގައުމަށް ދުވަހަކުވެސް ކުރިން ވެރިއަކަށް ގެނެސްދެވިފައިނުވާ ތަރައްޤީ އާއި ތަހްޒީބު ގެނެސްދެމުން ދާތީ އެތަން ބަލަން ފަސޭހަކަމަކަށް ނުވާތީކަމަށް ފަލާހު ވިދާޅުވިއެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލުގައި ’ނޫސް‘ މާނަކޮށްފައިވަނީ ދުވަހު ނޫސްތަކަށާއި، ހަފްތާ ނޫސްތަކަށާއި، ޓްރޭޑް ޕަބްލިކޭޝަންތަކާއި މިނޫންވެސް ނަންނަމުގައި، ރާއްޖޭގައި ރަޖިސްޓާ ކޮށްގެން، މައުލޫމާތާއި، ހަބަރާއި، ހިޔާލާއި، އިޝްތިހާރު، އާންމުކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް، ނުވަތަ އަގަކާ ނުލައި ލިބޭ ގޮތަށް، ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، މީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށ ޝާއިރުކުރެވޭ ޝާއިރުކުރުންތަކެވެ. މި ބިލުގައި ’މީޑިއާ‘ ވެސް ވަކިން މާނަކޮށްފައިވެ އެވެ. މީޑިއާ މާނަ ކުރުމުގައި ’ނޫސް‘ ގެ މާނައަށް ބައެއް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން ދުވަހު ނޫސްތަކަށާއި، ހަފްތާ ނޫސްތަކަށާއި، ޓްރޭޑް ޕަބްލިކޭޝަންތަކުގެ އިތުރުން ޓީވީއާއި ރޭޑިއޯއާއި ވެބްސައިޓްތައްވެސް ހިމަނާފައިވެއެވެ. އަދި ރާއްޖޭގައި ރަޖިސްޓާ ކޮށްގެން، މައުލޫމާތާއި، ހަބަރާއި، ހިޔާލާއި، އިޝްތިހާރު، އާންމުކޮށް ފެތުރުމުގެ އިތުރުން ރަޖިސްޓާ ނުކޮށްވެސް އެކަން ކުރާނަމަ އެއީ މީޑިއާ ކަމުގައި މާނަ ކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް