ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ނޭޕާލްގެ ވަގުތީ ބޮޑުވަޒީރަކަށް ސުޝިލާ ކާކީ އައްޔަންކޮށްފި

ނޭޕާލްގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު ކަމަށް ސުޝިލާ ކާކީ އައްޔަންކުރައްވައިފިއެވެ.

އެ މަގާމަށް ސުޝިލާ އައްޔަންކުރައްވާފައިވަނީ ނޭޕާލްގެ ރައީސް ރާމް ޗަންދްރާ ޕައުޑެލް އާއި އެގައުމުގެ އަސްކަރިއްޔާގެ އިސްވެރިޔާ އަޝޮކް ރާޖް ސިގްޑެލްގެ އިތުރުން ނޭޕާލްގައި މުޒާހަރާތައް ރޭވުމުގައި އިސްކޮށް އުޅުނު ޒުވާނުންނާއި ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހުއެވެ.

ޝުޝިލާ އަކީ ނޭޕާލްގެ ކުރީގެ އުއްތަމަ ފަނޑިޔާރެވެ. އަދި އޭނާ ވެގެން ގޮސްފައިވަނީ ނޭޕާލްގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށެވެ.

ނޭޕާލްގެ އެކި ސިޓީތަކުގައި މުޒާހަރާތައް ކޮށްފައިވަނީ އެގައުމުގައި ސޯޝަލް މީޑިއާ ފްލެޓްފޯމުތައް ބްލޮކް ކުރުމާއި އަދި އެގައުމުގެ ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތަކާއި ދެކޮޅަށެވެ. ނޭޕާލްގެ ޒުވާނުން ކުރި ވަރުގަދަ މުޒާހަރާތަކާއެކު އެގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ ވަނީ މިދިޔަ އަންގާރަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މުޒާހަރާތައް ހޫނުވެ އެންމެފަހުން އާންމުންގެ ބަޔަކު ވަނީ ނޭޕާލްގެ ގާނޫނު ހަދާ މަޖިލީހާއި ސިޔާސީ އެތައް ބައެއްގެ ގެތަކުގެ އިތުރުން ބައެއް ހޮޓެލްތަކުގައި ވެސް ހުޅުޖަހައިފައެވެ.

އެ މުޒާހަރާތަކުގައި 19 މީހަކު މަރުވިއިރު ނޭޕާލްގެ ސިފައިން މިހާރު އަންނަނީ ގައުމުގައި ހަމަޖެހުން ގާއިމުކުރަން ފިޔަވަޅުތައް އަޅަމުންނެވެ.

ގުޅުންހުރި ލިޔުންތައް