އެސްޓީއޯ އިން ވިއްކާ ހިޓާޗީ ބްރޭންޑަށް ހާއްސަކޮށް ”އެންމް ފިނި ހިޓާޗީ ޑީލް“ ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގައި އެސްޓީއޯ އިން ވިއްކާ ހިޓާޗީ އޭސީތަކުން 1،000ރ އަށް ވުރެ މަތިން ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބިގެންދާނެއެވެ.

މި ކޫޕަން ބޭނުން ކުރައްވައިގެން ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭއިރު ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރި ފަރާތަށް ޝީޝާ ހޮންޑާ ސްޕޯޓްސް އެޑިޝަންގެ އެއާ ބްލޭޑް 125 މޮޑެލްގެ ސައިކަލެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގަ އެވެ. އިއްޔެ ފެށި މި ޕްރޮމޯޝަން މި އަހަރުގެ އޮކްޓޫބަރު 11 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.