އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕްގެ ހޯސްޓިންގ ޕާޓްނަރަކަށް ބާސެލޯ ނަސަންދުރަ

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު އިންޓަރނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) ގެ ފުރިހަމަ އެއްބާރުލުމާއެކު ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕްގެ ހޯސްޓިންގ ޕާޓްނަރުގެ ގޮތުގައި ”ބާސެލޯ ނަސަންދުރަ“ ހަމަޖައްސައިފިއެވެ.

މުބާރާތުގެ ހޯސްޓިންގ ޕާޓްނަރާއިއެކު ބާސެލޯ ނަސަންދުރައިގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކެރަމް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ރައުޝާންއެވެ. އަދި ބާސެލޯ ނަސަންދުރައިގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އެންރިކް ރެއިނާއެވެ.

ރާއްޖޭގެ ވެރިރަށް މާލޭ ސިޓީގައިވާ އެންމެ މަތީ ފަންތީގެ ހޮޓެލް، ބާސެލޯ ނަސަންދުރާ ހޮޓެލަކީ ސްޕެއިންގެ ބާސެލޯ ގްރޫޕުން ތަރައްގީކޮށްފައިވާ 16 ބުރީގެ، 136 ކޮޓަރި ހިމެނޭ ފަސްތަރީގެ ހޮޓެލެކެވެ. އަދި މީގެ ތެރެއިން 95 ކޮޓަރިއަކީ މޫދު ފެންނަ ކޮޓަރިތަކެވެ. މީގެ އިތުރުން 116 ސާވިސް އެޕާޓްމަންޓް ވެސް މި ހޮޓެލުގައި ހިމެނެއެވެ.

އަންނަ ޑިސެންބަރު މަހުގެ ކުރީކޮޅު މާލޭގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި ދުނިޔޭގެ އެކި ބައްރުތަކުން 20 ޤައުމަކުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެއެވެ. އަދި ކެރަމްގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އެތުލީޓުން ބައިވެރިވާ ކެރަމް ވޯލްޑް ކަޕްގެ ގޮތުގައި މި މުބާރާތް ރާއްޖޭގައި ބޭއްވިގެންދިއުމަކީ ދިވެހިރާއްޖެއަށަ ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެކެވެ.

ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. އަދި މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. އަދި މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސި ލްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް