ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

މޯލްޑިވްސް ފައިނޭންސް ފޯރަމް ފަށައިފި

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ”މޯލްޑިވްސް ފައިނޭންސް ފޯރަމް“ ކުރުނބާ މޯލްޑިވްސްގައި މިއަދު ފަށައިފި އެވެ.

މި ފޯރަމްގައި ރާއްޖޭގެ ކެޕިޓަލް މާކެޓްގައި ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށް އަދި އާންމުންނަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ތެރެއިން | ފޮޓޯ: ޕެންޝަން އޮފީސް

ފޯރަމްގެ މި އަހަރުގެ ޝިއާރަކީ ”ބިލްޑިންގް އަ ރެސިލިއެންޓް އެންޑް އިންކްލޫސިވް ކެޕިޓަލް މާކެޓް“ އެވެ. ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާސް ވިދާޅުވީ މާލީ އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާތަކުގެ މުސްތަގުބަލާ ބެހޭ ގޮތުން ފޯރަމްގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ތެރެއިން | ފޮޓޯ: ޕެންޝަން އޮފީސް

މި ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް، ރާއްޖެއަށް އިގުތިސާދީ ގޮތުން ގެނެވޭނެ ކުރިއެރުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ފޯރަމެކެވެ. މި ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2012 ވަނަ އަހަރު އެވެ.

ގުޅުންހުރި ލިޔުންތައް