ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އެކުއާކަލްޗަރ ދާއިރާ ތަރައްގީކުރުމަށް ފުޖިއަން ފިޝަރީޒް އިންސްޓިޓިއުޓްއާއި އެކު ސޮއިކޮށްފި

ދިވެހިރާއްޖޭގެ އެކުއާކަލްޗަރ ދާއިރާ ތަރައްގީކުރުމަށް ޗައިނާގެ ފުޖިއަން ފިޝަރީޒް އިންސްޓިޓިއުޓްއާއި ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެކުއާކަލްޗަރ ދާއިރާ ތަރައްގީކުރުމަށް ފުޖިއަން ފިޝަރީޒް އިންސްޓިޓިއުޓްއާއި އެކު ސޮއިކުރުން | ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

މި އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝިމާލްއެވެ.

މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފުކޮށް، ތިމާވެއްޓާ ރައްޓެހި އަދި ކާބަން ބޭނުންކުރުން މަދުކޮށް ކަނޑުގެ އިޤްތިޞާދު ތަރައްޤީކުރުމެވެ. އަދި އެކުއާކަލްޗަރ ދާއިރާއާއި ގުޅޭ ދިރާސާތައް ކުރިއަށްގެންދިއުމެވެ.

އެކުއާކަލްޗަރ ދާއިރާ ތަރައްގީކުރުމަށް ފުޖިއަން ފިޝަރީޒް އިންސްޓިޓިއުޓްއާއި އެކު ސޮއިކުރުން | ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

މީގެއިތުރުން މި ފަހުމުނާމާގެ ދަށުން ހިންގާ މަސައްކަތްތަކަކީ ދެމެހެއްޓެނިވިގޮތެއްގައި އެކުއާކަލްޗަރ ދާއިރާ ތަރައްގީކުރުމަށް އެޅޭ މިހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ޢިލްމީ އަދި ޓެކްނިކަލް ގުޅުން އިތުރަށް ބަދަހިވެ، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް