އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ޓޮމްގެ ލީޑަޝިޕްގައި ޤައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ

ސައުތު އޭޝިއަން ސުޕަ ކަޕްގެ ފުރަތަމަ މެޗުގައި ދިވެހިރާއްޖެއިން ސްރީލަންކާ ބަލިކޮށްފިއެވެ.

ގައުމީ ޓީމާ އަލަށް ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ކޮލަމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ ދެ ލަނޑު ޖަހާފަ އެވެ. އެގޮތުން ރާއްޖެއަށް ލީޑު ނަގައިދިނީ ނާއިޒު ހަސަން (ދާދު) އެވެ. މިއީ އިބްރާހީމް އައިސަމް ނަގައިދިން ކޯނަރަކުން ދާދު ބޮލުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ޖެހިތާ މާގިނައިރުތަކެއްނުވެ ދާދު ދިން ބޯޅައަކުން ރާއްޖޭގެ ދެވަނަ ލަނޑު ޖަހައިދިނީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އެވެ.

ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން

ދެވަނަ ހާފުގައި ލަންކާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ސޭމް ޑުރާންޓް ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

ރާއްޖެއިން ފަހު ލަނޑު ޖެހީ މެޗު ނިމެންދަނިކޮށް އުފެއްދި ކައުންޓަރ އެޓޭކެއްގަ އެވެ. އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރި މި ލަނޑު ޖަހަން އެހީތެރިވެދިނީ އުމުރުން 16 އަހަރުގެ މުހައްމަދު އިލާން އިމްރާންއެވެ.

ރާއްޖެ އާއި ލަންކާ ބައްދަލުކުރާ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފަވަނީ އަންގާރަ ދުވަހުއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިހާތަނަށް ރާއްޖެ އާއި ލަންކާ ބައްދަލުކުރި 23 މެޗުގެ ތެރެއިން ރާއްޖެއިން 10 މެޗު ކާމިޔާބުކޮށްފައި ވާއިރު، ލަންކާ މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ.

ގުޅުންހުރި ލިޔުންތައް