އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ވޯލްޑް ކަޕް ކޮލިފައިން: ނައިޖާ ބަލިކޮށް މޮރޮކޯ ކޮލިފައިވެއްޖެ

އަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް މޮރޮކޯ ކޮލިފައިވެއްޖެއެވެ.

މޮރޮކޯ ވޯލްޑް ކަޕަށް ކޮލިފައިވީ ރޭ ނައިޖާގެ މައްޗަށް 5-0 އިން ކުރި ހޯދައިގެންނެވެ. މޮރޮކޯ އަކީ އެފްރިކާ އިން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި މޮރޮކޯ އިން ކާމިޔާބުކުރި ފަސް ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ އިސްމާއިލް ސައިބަރީ އެވެ. އަނެއް ތިން ގޯލު ކާމިޔާބުކޮށްދިނީ އަޔޫބް އެލް ކާބީ އާއި ހަމްޒާ އިގްމާންގެ އިތުރުން އޮނޫހާއީއެވެ.

މޮރޮކޯ އިން ވަނީ އެންމެފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފަ އެވެ. މޮރޮކޯ އަކީ ވޯލްޑް ކަޕްގެ ސެމީން ޖާގަ ހޯދި ފުރަތަމަ އެފްރިކާގެ ޓީމެވެ.

ގްރޫޕްގެ އެއްވަނަ ހޯދައިގެން އެފްރިކާ ބައްރުން ގަދަ 9 ޓީމަށް ވޯލްޑް ކަޕުން ޖާގަ ކަށަވަރުވާނެއެވެ. އަދި ގްރޫޕްތަކުން ދެވަނަ ހޯދާ އެންމެ ގަދަ ހަތަރު ޓީމަށް ޕްލޭއޮފުން ޖާގަ ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް