ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ހަތް އަތޮޅަކަށް ހައިވަކަރު ގަސް ބެހުމުގެ މަސައްކަތް ފަށައިފި

ސަރުކާރުން އިޢުލާނުކޮށްފައިވާ ”5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު“ ގެ ދަށުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ގުޅިގެން ރާއްޖޭގެ ހަތް އަތޮޅެއްގައި ހައިވަކަރު ގަސް ބެހުމުގެ މަސައްކަތް ފަށައިފިއެވެ.

މަޝްރޫޢުގެ ދަށުން ހައިވަކަރު ގަސް ބަހަމުންދަނީ ވ. އަތޮޅު، ފ. އަތޮޅު، ނ. އަތޮޅު، ލ. އަތޮޅު، ތ. އަތޮޅު، ގއ. އަތޮޅު އަދި ގދ. އަތޮޅުގެ ރަށްތަކުގައެވެ.

ހަތް އަތޮޅަކަށް ހައިވަކަރު ގަސް ބެހުމުގެ ތެރެއިން | ފޮޓޯ: ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާ

މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގަސްގަހާގެހި ގިނަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. ހައިވަކަރު ގަސްތަކަކީ ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް ފައިދާހުރި ގަސްތަކެކެވެ.

ހަތް އަތޮޅަކަށް ހައިވަކަރު ގަސް ބެހުމުގެ ތެރެއިން | ފޮޓޯ: ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާ

ގަސް އިންދުމުގެ މި މަޝްރޫޢުއަކީ ރާއްޖޭގެ ރަށްތަކަށް ފެހިކަން ގެނެސްދީ، ޖައްވަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް އަމާޒުކޮށްފައިވާ މަސައްކަތެކެވެ.

އެމްޓީސީސީގެ އެހީތެރިކަމާއެކު މި މަސައްކަތް ކުރިއަށްގެންދިއުމަކީ، ގިނަ އަތޮޅުތަކެއްގެ ރައްޔިތުންނަށް މި މަޝްރޫޢުގެ ފައިދާ ލިބިގެންދާނެ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް