އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

އެންސްޕާގެ ކައުންޓަރުގެ ހިދުމަތް އެހެން އިމާރާތަކަށް ބަދަލުކުރަނީ

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކައުންޓަރުގެ ހިދުމަތް އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމައިފިއެވެ.

އެންސްޕާއިން ބުނީ، އެ އެޖެންސީގެ ކައުންޓަރުގެ ޚިދުމަތް، މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ލިބޭނީ މ. އުތުރުވެހި، 6 ވަނަ ފަންގިފިލާއިން ކަމަށެވެ.

2008 ވަނަ އަހަރު ވުޖޫދުކުރި އެންސްޕާގެ މައިގަނޑު މަސައްކަތަކީ ގައުމީ، އިޖްތިމާއީ، ސިއްހީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމެވެ.

އެންސްޕާގެ ޚިދުމަތް މިހާރު ދެމުން އަންނަނީ، ހަވީރީ ހިނގުމުގައި ހުންނަ މޫކައި ސުއިޓްސް އިމާރާތުގެ ހަތަރުވަނަ ފަންގިފިލާއިން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން މެންދުރު 14:00އަށެވެ.

ގުޅުންހުރި ލިޔުންތައް