ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ތެލެސީމިއާ ބަލި މީހުންނަށް ޚާއްސަ ސެންޓަރެއް ހުޅުވައިފި  

ތެލެސީމިއާ ބަލި ތަހައްމަލުކުރާ ފަރާތްތަކުގެ ހާލު ބަލައި، އެހީ ފޯރުކޮށްދިނުމަށް ޚާއްސަކޮށްގެން ”ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު“ގެ ނަމުގައި ސެންޓަރެއް ހުޅުވައިފިއެވެ.

މިސެންޓަރު ހުޅުވީ މޯލްޑިވިއަން ބްލަޑް ސަރވިސަސް ހިންގަމުންދާ އޮރެންޖު ހިޔާ ބިލްޑިންގައެވެ.

ތެލެސީމިއާ ބަލި މީހުންނަށް ޚާއްސަ ސެންޓަރެއް ހުޅުވުން | ފޮޓޯ: މޯލްޑިވްސް ބްލަޑް ސަރވިސަސް

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި އެހެނިގެން ފަރުވާތައް ފަސޭހަކާއެކު އެކުއްޖަކު ދިރިއުޅޭ ސަރަހައްދުތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް ވީ ވައުދުފުޅުގެ ތެރެއިން މޯލްޑިވިއަން ބްލަޑް ސަރވިސަސް އަދި ތެލެސީމިއާ އެންޑް އަދަރ ހީމޯގްލޮބިނޯޕަތީސް ސެންޓަރ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިނގާ ގޮތަށް ރައީސް ހަމަޖެއްސެވުމާއި ގުޅިގެން ޚިދުމަތް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިފްތިތާހު ކުރެވިގެންދިޔަ ސެންޓަރެކެވެ.

މިސެންޓަރަކީ މާލެ ސަރަހައްދާއި އެއް މިންވަރަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތެލެސީމިއާ ބަލީގައި ލޭ އަޅާ ކުދިން އެބަލީގެ ސަބަބުން ދިމާވާ އަޔަން އޯވަރ ލޯޑް ނުވަތަ ލޭގައި ދަގަނޑު ބައިތައް ގިނަވުމާއި ގަވާއިދުން ބޭނުންކުރަންޖެހޭ ބޭސްތައް ބޭނުންކުރުމުގެ އިތުރުން ދާއިމީކޮށް ފަރުވާ ކުރަންޖެހޭ ބަލިތަކަށް ފަރުވާ ހޯދާ ތެލެސީމިއާ ބަލި މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ދިނުމަށް މުހިންމު ބިންގަލެއްގެ ފެށުންކަމަށް އެސެންޓަރުން ބުނެއެވެ.

ތެލެސީމިއާ ބަލި މީހުންނަށް ޚާއްސަ ސެންޓަރެއް ހުޅުވުން | ފޮޓޯ: މޯލްޑިވްސް ބްލަޑް ސަރވިސަސް

ތެލެސީމިއާ ޕޭޝަންޓް ކެއަރ އިން ދޭ ޚިދުމަތްތަކުގެ ތެރޭގައި ތެލެސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ސިއްހީ އިރުޝާދު ދިނުމާއި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި ކައުންސިލިންގ ގެ ޚިދުމަތާއި އަދި ޚާއްސަކޮށް މި ބަލި އުމުރު ދުވަހަށް ތަހައްމަލުކުރަމުން އަންނަ ބަލި މީހުންނާއި ކުދިންނަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އަޅާލުން ދޭންޖެހޭ ކަން ދެނެގަނެ އެފަރާތްތަކުގެ ދިރިއުޅޭ ސަރަހައްދެއްގައި ލިބެން ހުންނަ ސިއްހީ ޚިދުމަތް އެ އާއިލާތަކަށް ފޯރުކޮށްދިނުމަށް ފަސޭހަކޮށްދޭނެއެވެ.

މީގެއިތުރުން މިސެންޓަރު ހުޅުވިގެންދަނީ މެޑިކަލް އޮފިސަރުންނާއެކު ޕަބްލިކް ހެލްތު އޮފިސަރުން އަދި ކައުންސިލަރުން ހިމެނޭ ޓީމީއް ހަރަކާތްތެރިވާ ގޮތަށް އިންތިޒާމުތައް ހަމަޖެހިގެންކަމަށްވެސް އެސެންޓަރުން ބުނެއެވެ.

މީގެއިތުރުން މޯލްޑިވިއަން ބްލަޑް ސަރވިސަސް އަށް އަލަށް އިތުރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި ގިނަ އަދަދެއްގެ ފަންނީ މުވައްޒަފުން ރެކްރޫޓްކުރުމުގެ ކަންކަން ނޮވެމްބަރު މަހާ ހަމައިން އިތުރަށް ފުޅާވެގެންދާނެކަމަށްވެސް އެސަރވިސަސް އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް