ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

63 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފި

63 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

އިއްޔެ ހަވީރު މާލޭ ޓީޓީ ހޯލުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، 63 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް 2025 ގެ ފައިނަލް މެޗް އެކަމަނާ ވަނީ ބައްލަވާލައްވާފައެވެ.

63 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި މި މުބާރާތުގެ، 1 ވަނަ ޑިވިޜަންގެ އަންހެން އަދި ފިރިހެން ސިންގަލްސް، 1 ވަނަ ޑިވިޜަންގެ އަންހެން އަދި ފިރިހެން ޑަބަލްސް، އަދި 1 ވަނަ ޑިވިޜަންގެ މިކްސް ޑަބަލްސް އަށް އިނާމް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަންބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. މީގެ އިތުރުންވެސް މި މުބާރާތުގެ 1 ވަނަ ޑިވިޜަންގެ އަންހެން ޓީމް އިވެންޓަށާއި ފިރިހެން ޓީމް އިވެންޓަށް އިނާމް ޙަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ. މި މުބާރާތުގެ އެހެނިހެން ވަނަތަކަށް ވެސް މި ރަސްމިއްޔާތުގައި ވަނީ އިނާމާއި ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ.

63 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ރައީސް އޮފީސް

މިހިނގާ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ފެށި މިމުބާރާތުގައި ޖުމަލަ 95 ކުޅުންތެރިން ބައިވެރިވިއެވެ. އެއީ 58 ފިރިހެން އަދި 37 އަންހެން ކުޅުންތެރިންނެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް