އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ހަނިމާދޫ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފި

ހދ. ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެސްކޫލުގެ އުމްރާނީ ވަޞީލަތް ތަރައްޤީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މިގޮތުން މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާއިން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން ސަޢީދު މުހައްމަދުއެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރައްޒާންއެވެ.

ހަނިމާދޫ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކުރުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުވުމުގައި ސްކޫލް މަޝްރޫޢުއަށް އަލިއަޅުވާލައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހަނިމާދޫ ސްކޫލްއަށް އުމްރާނީ ވަޞީލަތްތައް އިތުރުކުރުމުގެ މަޝްރޫޢުއަކީ މުހިއްމު މަޝްރޫޢުއެއްކަމަށެވެ. ސްކޫލް މަޝްރޫޢުކުރިއަށްގެންދާނީ އެރަށުގެ ދަރިވަރުންނަށް ބޭނުންވާ ޖާގައާއި ހަނިމާދޫއަށް ބަދަލުކުރާ ހިރިމަރަދޫގެ ދަރިވަރުންނަށްވެސް ޖާގަ ލިބޭގޮތަށްކަމަށެވެ. މިގޮތުން 8 ކްލާސްރޫމްއާއި ސައިންސް ލެބާއި ސްޓާފްރޫމްއާއި ލައިބްރަރީފަދަ ހުރިހާ ޚިދުމަތްތައް ހިމެނޭގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެންޑީއެފްއަށް ހަވާލުކޮށްފައިވާ އިމާރާތް މަތީ ތަޢުލީމަށް ޚާއްސަކުރާ އިމާރާތަކަށް ހައްދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް