އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ގައުމީ ދުވަހުގެ އިހްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އުތީމަށް ވަޑައިގެންފި

މި އަހަރުގެ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ހއ. އުތީމަށް ވަޑައިގެންފިއެވެ.

ގައުމީ ފެންވަރުގައި މިފަހަރު ގައުމީ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އުތީމުގައެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އުތީމު ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ.

މި އަހަރާއި އަންނަ އަހަރު، ގައުމީ ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމުގެ ހަކަރާތްތައް އުތީމުގައި ކުރިއަށް ގެންދެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ރައީސްގެ ދެކަނބަލުން އުތީމަށް ކުރައްވާ މި ޒިޔާރަތުގައި ގައުމީ ދުވަހާ ގުޅޭ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ރައީސްގެ ދަތުރުފުޅުގައި އުތީމުގައި އަލަށް ހެދި ބޮޑުތަކުރުފާނު ގޭޓް އިފްތިތާހުކޮށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާ ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.

އެއީ މީލާދީ ސަނަތުން 1558ން 1573އަށް ޕޯޗުގީޒުން ރާއްޖޭގައި ހިންގި އަނިޔާވެރި ވެރިކަމަށް ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ބައިވެރިން ނިމުމެއް ގެންނަވައި ދިވެހި ޤައުމު ސަލާމަތްކޮށްދެއްވި ދުވަހެވެ.

ގުޅުންހުރި ލިޔުންތައް