ހއ. މާރަންދޫ އަދި ބާރަށު ޞިއްޙީމަރުކަޒު ގައި އަލަށް ހަދާ ޢިމާރާތްތަކުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ވަކިވަކިން ސޮއިކުރެވުނު މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފް އަދި ހަވާލުކުރެއްވި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ރޯޑު ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ނަޒީމެވެ. އަރިހުގައި ދާއިރާގެ އިއްޒަތްތެރި މެމްބަރު އަޙުމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.

އެއްއަހަރުން ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫޢުތައް ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ ޖުމްލަ 23 މިލިއަން ރުފިޔާއެވެ.
މިޕްރޮޖެޓްގެ ދަށުން ކޮންމެ ރަށެއްގައިވެސް ވޯޑް، ނާސް ސްޓޭޝަން، ލެބޯޓްރީ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖުގެ އިތުރުން ގުދަން އިތުރުކުރެވިގެންދާނެއެވެ.