ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފި

ހއ. ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.

ހއ. ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު | ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުގައި ނިމިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 27،300 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 210 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމެވެ.

ހއ. ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު | ފޮޓޯ: އެމްޓީސީސީ

އަދި ހަމަ އެހެންމެ 210 މީޓަރުގެ ސަރަހައްދެއްގައި ރޮކް އޭޕްރަން ޖެހުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން އެޅުމެވެ. ބާކީ ހުރި މަސައްކަތްތަކުގެ ތެރޭގައި ވަގުތީ އެނދުތައް ނެގުމާއި ލެވެލް ކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ. މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މަޝްރޫއުއަކަށްވާއިރު މި މަޝްރޫއުގެ ސަބަބުން އެ ރަށުގެ ރަށްގިރުމުގެ މައްސަލަ ހައްލު ލިބިގެންދާނެ ކަމަށް ވެއެވެ.

ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވާ އިރު، އެރަށު އެއާޕޯޓުގެ މަސައްކަތްވެސް ކޮށްފައިވަނީ އެމްޓީސީސީންނެވެ. އަދި ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް ކޮށްފައި ވަނީ އެކުންފުނިންނެވެ.

ގުޅުންހުރި ލިޔުންތައް