ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ދިވެހި ޤައުމީ ފުޓްސަލް ޓީމަށް ކޯޗެއް ހޯދަނީ

ސެޕްޓެންބަރ މަހު މިޔަންމާގައި އޮންނަ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ޤައުމީ ފުޓްސަލް ޓީމަށް ކޯޗަކު ހޯދުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާނުކޮށްފިއެވެ.

އެފްއޭއެމް އިން އިއްޔެ ގެޒެޓް ކޮށްފައިވާ އިއުލާނުގައި، ގައުމީ ފުޓްސަލް ޓީމުގެ ކޯޗުކަމަށް ކުރިމަތިލާން ހުޅުވާލައިފައިވާއިރު، އެ އިއުލާނުގައި މަޤާމަށް އެދި އެޕްލިކޭޝްން ހުށްހެޅުމަށް ޝަރުތުތަކެއް ވެސް ހިމަނާފައިވެއެވެ.

އެގޮތުން މަދުވެގެން އޭއެފްސީ ފުޓްސަލް ލެވަލް 2 ގެ ކޯޗިން ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއިއެކު ރާއްޖޭގެ ކްލަބް ލެވަލްގެ އިތުރުން ގައުމީ ލެވަލްގައި އެންމެ މަތީ ފަންތީގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރުން ޝަރުތުތްކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން މިމަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މި މަހު 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެޕްލިކޭޝަން ހުށަހެޅުމަށް، މެއިލް ކުރަން އެފްއޭއެމް އިން އެެދިފައިވެ އެވެ.

މިދިޔަ އަހަރުތަކުގައި ގައުމީ ފުޓްސަލް ޓީމުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށްފައި ވަނީ، ކޯޗު އަބްދުﷲ ނަސީރު (އަބޯ)ގެ އިރުޝާދުގެ ދަށުންނެވެ. އަދި އެފްއޭއެމް އިން ފުޓްސަލް ކޯޗަކު ހޯދަން ކުރި އިއުލާނުގައި، ކޯޗަށް ދޭނެ ކޮންޓްރެކްޓްގެ މުއްދަތު ހިމަނައިފައިނުވެ އެވެ.

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި، ރާއްޖެ ވާދަކުރަން ޖެހިފައިވަނީ، މިޔަންމާ އާއި އަފްގާނިސްތާނާ އެއް ގްރޫޕެއްގަ އެވެ.

ގުޅުންހުރި ލިޔުންތައް