އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ފުވައްމުލަކު ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ފަށަނީ

ފުވައްމުލަކު ހޮސްޕިޓަލުގައި މިމަހުގެ ތެރޭގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން އެ ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ޚިދުމަތް ފެށުމަށް، އިމާރާތަށް ބައެއް ބަދަލު ގެނެސް، ޖާގަ އިތުރުކުރުމުގެ މަސައްކަތް އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. މިއީ ދެމިލިޔަން ނުވަލައްކައަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ.

މި ހިދުމަތް ފެށުމަށްޓަކައި ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން އެ ހޮސްޕިޓަލުން ބުނީ މަސައްކަތްކުކުރަމުން ދަނީ މިމަހުގެ ނިޔަލަށް އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިންމާ، ޚިދުމަތްދޭން ފެށުމަށްކަމަށެވެ.

އެގޮތުން މިހާރު ކުރިއަށްދަނީ ސީޓީ ސްކޭން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތްކަމަށް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

އަދި އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމެންވާއިރަށް ޚިދުމަތް ބޭނުންވާ މުވައްޒަފުން ތަމްރީންކޮށް، އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރިއެވެ.

ގުޅުންހުރި ލިޔުންތައް