- Advertisement -spot_img

ދިވެހި ފުލުހުންގެ ފަރާތުން ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ވޯކްޝޮޕެއް އިސްރަށްވެހިންނަށް ކުރިއަށް ގެންގޮސްފި

ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ވޯކްޝޮޕެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންގޮސްފިއެވެ.

މި ޖުލައި މަހުގެ 14 ވަނަ ދުވަހު ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ނަފުސާނީ ދުޅަހެޔޮކަމާއި އަމިއްލަ ނަފުސަށް އަޅައިލުމާ ގުޅޭގޮތުން އިސްރަށްވެހިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

ދިވެހި ފުލުހުންގެ ފަރާތުން ކުރިޔަށް ގެންދިޔަ ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ވޯކްޝޮޕް | ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

މި ވޯކްޝޮޕުގައި ނަފުސާނީ ދުޅަހެޔޮކަމަކީ ކޮބައިކަމާއި، ނަފުސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ މީހަކަށް ވުމަށް ކުރެވިދާނެ ކަންތައްތައް ކިޔައިދީފައިވެއެވެ. އަދި އަމިއްލަ ނަފުސަށް އަޅައިލުމަށް ކުރެވިދާނެ ކަންތައްތަކާއި އެކަމުގެ މުހިންމުކަމާއި ވިސްނުންތެރިކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.

އެކި ކަހަލަ ކުޅިވަރުތައް ހިމަނައިގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕުގައި 27 މީހުން ބައިވެރިވިއެވެ.

ގުޅުންހުރި ލިޔުންތައް