އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

4،000 ފްލެޓް ލިބޭ މީހުންނާއެކު އަންނަ ހަފްތާގައި އެއްބަސްވުމުގައި ސޮއިކުރަން ފަށަނީ

ސަރުކާރުން ކުރިއަށް ގެންދާ ”ގެދޮރުވެރިޔާ“ ސްކީމުގައި ހިމެނޭ 4،000 ފްލެޓް ލިބޭ މީހުންނާ އެކު އަންނަ ހަފްތާގައި އެއްބަސްވުމުގައި ސޮއި ކުރަން ފަށާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ އަހާ ފޯރަމްގެ ރޭގެ އެޕިސޯޑުގައި ވާހަކަދައްކަމުން މުއްތަލިބް ވިދާޅުވީ މި މަސް ތެރޭގައި އެގްރީމަންޓުގެ ސޮއިކުރުމާ ހަމައަށް ދެވޭނެކަމަށް ވިދާޅުވެފައިވާނެ ކަމަށާއި ފްލެޓް ލިސްޓުގެ ވެރިފިކޭޝަންގެ މަސައްކަތް މިހާރު ކުރަމުންދަނީ، ނިމިފައި ހުރި ފްލެޓްތައް ލިބިފައިވާކަމަށް ބަޔާންކުރާ ފަރާތްތަކަށް އިސްކަންދެއްވައިގެން ކަމަށެވެ. ލިސްޓުގެ މަސައްކަތް މިހާރު ނިންމާލެވިފައިވީ ނަމަވެސް ކުރަންޖެހޭ އިދާރީ ބައެއް މަސައްކަތް ހުރީތީ، އެކަންކަން މިހާރު ކުރަމުންދާކަމަށް ވިދާޅުވިއެވެ.

އެގޮތުން މި މަސައްކަތުގެ ތެރެއިން، އެފްޑީސީން ހަދާފައިވާ އެއްބަސްވުން އޮތީ ވުޒާރާއިން ވެސް އަދި އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް އަދި ކަމާ ބެހޭ އެހެން އިދާރާތަކުން ވެސް ވެޓްކޮށްފައިނޫންކަން ހާމަވި ކަމަށާއި މިހާރު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިގެން އެގްރީމަންޓް ފައިނަލްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ މިހާރުގެ ޓާގެޓަކީ އެ ހުރިހާ ކަންތައްތަކެއް ވެސް ހަމަޖައްސައި އަންނަ ހަފްތާ ތެރޭގައި އަޅުގަނޑުމެންނަށް އެގްރިމަންޓުތަކުގައި ސޮއިކުރަން ފެށޭވަރުވާނެ ކަމަށް. މިހާރު އަޅުގަނޑުމެންނަށް ތަނެއް ކަނޑައެޅި، ޓެންޓު ޖެހުމުގެ މަސައްކަތާއި އަދި އެކަމަށް ބޭނުންވާ އިދާރީ އެހެނިހެން މުވައްޒަފުންނާއި އެހެނިހެން ކަންތައްތަކުގެ މަސައްކަތް އެފްޑީސީން އެބަ ކުރައްވާ،“ މުއްތަލިބް ވިދާޅުވިއެވެ.

މުއްތަލިބް ވަނީ 4000 މީހުންނާއެކު އެގްރީމަންޓެއް ހެދުމަކީ ބޮޑު، ބުރަ މަސައްކަތެއް ކަމަށާއި ފަސޭހަކަމާއެކު އެކަން ކުރެވޭނެ ތަނަކާއި އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް