ދުވާފަރުގައި މިހާރު ކުރިއަށްދާ ”ދުވާފަރު ދަންޑަހެލު ކަޕް 2025“ ގައި މިއަދު ކުޅުނު ފޯރިގަދަ މެޗު 1-0 ގެ ނަތީޖާއަކުން ސިލްވަރ ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޑާރކްޕާރކާއި ދެކޮޅަށް ކުޅުނު މިމެޗުގެ ހަމަ އެކަނި ގޯލް ކާމިޔާބުކޮށް ދިނީ މެޗުގެ 7 ވަނަ މިނެޓުގައި ސިލްވަރ ޔުނައިޓެޑްގެ ޖާޒީ ނަންބަރު 30 މުހައްމަދު އިސާން އެވެ.
މުބާރާތުގައި ޑާރކްޕާރކް ވަނީ ކުޅުނު ފުރަތަމަ މެޗުގައި 3-3 ގެ ނަތީޖާއަކުން އިލެވެން އެޓޭކާރސް އާއި އެއްވަރު ވެފައެވެ. އަދި ސިލްވަރ ޔުނައިޓެޑް ވަނީ ކުޅުނު ފުރަތަމަ މެޗުގައި 0-3 ގެ ނަތީޖާއަކުން ވޯރިއާސް ބަލިކޮށްފައެވެ.
މިނަތީޖާއެކު ސިލްވަރ ޔުނައިޓެޑް ކުޅުނު ދެމެޗުންވެސް ކާމިޔާބުކޮށް 6 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ފައިނަލްއަށް ދިޔުމަށް ދާދިގާތުގައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިލްވަރ ޔުނައިޓެޑްގެ ޖާޒީ ނަންބަރު 63 އިސްމާއިލް އަހްމަދު އެވެ.

މާދަމާވެސް މިމުބާރާތުގެ މެޗެއް އޮންނާނެއެވެ. މިގޮތުން މާދަމާގެ މެޗުގައި ވާދަކުރާނީ އިލެވެން އެޓޭކާރސް އަދި ވޯރިއާރސް އެވެ. 3 ޖުލައިން 11 ޖުލައިގެ2025 ގެ ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަތަރު ޓީމު ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅޭގޮތަށެވެ. އަދި އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގު ފައިނަލުން ފުރުސަތު ލިބިގެންދާގޮތަށެވެ.